logo
Bank of Maldives

Bank of Maldives

ޚަބަރު

އެއާޕޯޓް ޓެކްސް އާމްދަނީ އިތުރުވެއްޖެ

ސުދާ ލަތީފް
15 ފެބްރުއަރީ 2025 - 10:52
ވެލާނާ އެއާޕޯޓު -- ފޮޓޯ: ޚުލާސާ
ވެލާނާ އެއާޕޯޓު -- ފޮޓޯ: ޚުލާސާ

އެއާޕޯޓް ޓެކުހާއި  ފީ އިން މި އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހު ޑިޕާޗާ ޓެކްސްގެ ގޮތުގައި 7.3 މިލިއަން ޑޮލަރު (113 މިލިއަން ރުފިޔާ) އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި 7.4 މިލިއަން ޑޮލަރު (115 މިލިއަން ރުފިޔާ) ދައުލަތަށް ލިބިފައި އެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިމިދިޔަ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑިޗާޕާ ޓެކްސްގެ ގޮތުގައި ލިބުނީ 6.4 މިލިއަން ޑޮލަރު (99 މިލިއަން ރުފިޔާ) އެވެ. އަދި އޭޑީއެފްގެ ގޮތުގައި ލިބުނީ 6.6 މިލިއަން ޑޮލަރު (101 މިލިއަން ރުފިޔާ) އެވެ.

އެއާޕޯޓް ޓެކުހާއި ފީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޓެކްސް ނަގާ ރޭޓް ބޮޑުކުރުން ހިމެނެ އެވެ.

ޑިޕާޗާ ޓެކުހާޢި އޭޑީއެފް ނަގާ ރޭޓަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު ފުރަތަމަ ދުވަހުން ފެށިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބުނުޚަބަރު | 2 މަސް ކުރިންމީރާގެ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި ހަލުވިކޮށް ހަރުދަނާ ކުރަނީ ޚަބަރު | 7 މަސް ކުރިންއެއާޕޯޓްގެ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން ދެކުމާދިއުމުގެ ހަރަކާތްތަކެއްޚަބަރު | 8 މަސް ކުރިންތިރީހުން އަށަކަށް: މިއީ ހަމަ އަސްލުވެސް އިންގިލާބެއް!ރިޕޯޓް | 8 މަސް ކުރިން