logo
E-Platinum
ޚަބަރު

ފެނިގެންދަނީ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ރައީސް ބޭނުންފުޅު ނުކުރަށްވާނެކަން: ބޮޗޭ

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޯގަސްޓު 2025 - 13:01
''ފެނިގެންދަނީ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ރައީސް ބޭނުންފުޅު ނުކުރަށްވާނެކަން''

ފެނިގެންދަނީ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ރައީސް ބޭނުންފުޅު ނުކުރަށްވާނެކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާޢު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީން ރޭ ގެނެސްދިން ''ޖަވާބު ދާރީ''ގެ ރޭގެ އެޕިސޯޑުގައި ޕްރެޒެންޓަރ އައިމިނަތު ޝަފާ ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލެވިދާނެކަމަށް ވިދާޅުވެ، ބޮޗޭ ދެއްކެވި ވާހަކަތަކާއި ގުޅިގެން އިދިކޮޅުން ފާޑުކިޔަމުން އަންނަކަމަށް ބުނެފައެވެ. އަދި އެހެންވިދާޅުވި ސަބަބަކީ ކޮބައިތޯ ވަނީ ސުވާލުކޮށްފައެވެ.

ޕްރެޒެންޓަރ ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ދެއްކެވި ވާހަކާގައި ބޮޗޭ ވިދާޅުވީ، ރައީސޫލްޖުމްހޫރިއްޔާގެ ދައުރު ދަންމާލެވިދާނެކަމަށް އޭނާ ދެންނެވީ މަޖިލީހުގެ ޖަލްސާއެއްގައި ޚިޔާލް ހޯދުމުގެ ވޯޓުގެ ބަހުސްގައި ކަމަށެވެ. އޭގެ ފަހަތުން ދެއްކި ވާހަކަތަކާއެކު އެއްކޮށް މީޑިއާތަކުން ކަވަރަކުރިނަމަ އޭގައި އެއްވެސް ގޯހެއް ނޯންނާނެ (އެ ދެއްކެވި ވާހަކަ ރަނގަޅަށް މޭރުންވާނެ) ކަމަށް ބޮޗޭ ވިދާޅުވިއެވެ.

ބޮޗޭ ވިދާޅުވީ، މިވަގުތު ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިތުބާރުކުރަށްވައި ޕީއެންސީއަށް ސުޕަރ މެޖޯރިޓީ ދެއްވީ އެ ބޭފުޅުން (ރައްޔިތުން) ރައީސް މުޢިއްޒަށް ކުރަށްވާ އިތުބާރެއްގެ ސަބަބުން ކަމަށެވެ.

''ނާޖާއިޒު ގޮތެއްގައި އެ ބޭފުޅާއަށް (ރައީސަށް) ލިބިވަޑައިގެންނެވި ބާރު ބޭނުން ނުކުރަށްވާނެކަމަށް އޮތް އިތުބާރެއްގެ ސަބަބުން، އެހެންވީމަ އަޅުގަނޑު ދައްކައިދޭން ބޭނުންވީ ވިސަނައިދޭން ބޭނުންވީ ރައްޔިތުންނަށް މިވަގުތު އެ ހުރިހާ ބާރެއް ގާނޫނު ހަދާމަޖިލީހުގެ ތެރޭގައި އޮތަތީ އެ ބާރުތައް ވެސް އެ އޮތްގޮތަށް ނުކުރެވޭނެކަން މިބިލުން، އެއިރު މަޝްވަރާކުރެވެމުންދިޔަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބިލުން އެކަންކަން އެ އޮތީ ޔަގީންކޮށްދީފައި ރައްޔިތުންނަށް، މިކޮންމެކަމަކަށް ދަންޏާ ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭނެކަން،'' ބޮޗޭ ވިދާޅުވިއެވެ.

ބޮޗޭ ވިދާޅުވީ، ޤާނޫނުއަސާސީ ބައްޓަންވެފައި އޮތްގޮތުން، ވަކިކަންކަމަކަށް ވޯޓެއް ނަގަން ޖެހޭނެކަމަށް ޤާނޫނުއަސާސީގެ ވަކި މާއްދާތަކެއްގައި ވެސް ބުނެފައިވާކަމަށެވެ. އެހެން ނަމަވެސް، އެ މާއްދާ އިސްލާހް ނުކުރެވޭނެކަމަށް ޤާނޫނުއަސާސީގައި ނެތްކަމަށް ވެސް ބޮޗޭ ވިދާޅުވިއެވެ.

''ޤާނޫނުއަސާސީގައި ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭކަންކަން ބަޔާންކުރާ މާއްދާ ބަދަލުކުރެވޭނީ ވެސް ރައްޔިތުންގެ ޚިޔާލު ހޯދައިގެންކަމަށް ޤާނޫނުއަސާސީއަށް އިސްލާޙްގެނައި އަޅުގަނޑުމެން، އެ މާއްދާ ޕްރޮޓެކްޓް ކުރުމުން ވެސް އެ ދައްކައިދެނީ ލިބިފައިވާ މެޖޯރިޓީއެއްގެ ބޭނުން ނަހަމަގޮތުގައި ނުކުރަށްވާނެކަން'' ބޮޗޭ އިތުރަށް ވިދާޅުވެފަވެއެވެ.

ބޮޗޭ ވިދާޅުވީ، ރައީސް މުޢިއްޒަކީ ލިބިވަޑައިގެންފައިވާ ބާރެއް ނާޖާއިޒު ގޮތުގައި ބޭނުންކުރަށްވާނެ ބޭފުޅެއްނޫންކަމަށެވެ. އަދި ޚިޔާލް ހޯދުމުގެ ވޯޓުގެ ބިލަކީ އޭގެ އެއް މިސާލުކަމަށް ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣަނީ އުއްތަމަފަނޑިޔާރަކަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިޚަބަރު | 7 ގަޑިއިރު ކުރިން ލާމަރުކަޒީ ގާނޫނުގެ އިސްލާހްގެ ބިލުން ކައުންސިލްތަކަށް ނަޒާހަތްތެރިކަމާއި ބާރުވެރިކަމާއި ފަހިކަން ރިޕޯޓް | 12 ގަޑިއިރު ކުރިންއިސްލާހްގެ ބިލުން ކައުންސިލްތަކަށް ބާރުލިބި އަލަށް ހޮވޭ ކައުންސިލްތަކަށް ފަހިވާނެ: ފަލާހްޚަބަރު | ދުވަހެއް ކުރިންއެމްޑީޕީން ކުރިކަމަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުން: ޝުޖާޢުޚަބަރު | ދުވަހެއް ކުރިން