logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ދެން ދުވަހަކުވެސް މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓްތައް ހަދާ ނުނެރެވޭނެ: ޝުޖާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޯގަސްޓު 2025 - 06:35
ރާއްޖޭގައި ދެން ދުވަހަކުވެސް ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓްތައް ނުނެރެވޭނެ: ޝުޖާއު

ރާއްޖޭގައި ދެން ދުވަހަކުވެސް މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓްތައް ހަދާ ނުނެރެވޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާޢު ވިދާޅުވެފައިވަނީ، މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓްތައް ހަދާ ފަރާތްތައް މިހާރު ވަނީ ޤައުމު ދޫކޮށް ފިލައިގެން ގޮސްފައި ކަމަށެވެ. އަދި އެފަދަ ފަރާތްތަކަކީ "ފިނޑި ފިނދަނަތަކެއް" ކަމަށް ޝުޖާއު ސިފަކުރަށްވާފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާޢު އިތުރަށް ވިދާޅުވެފައިވަނީ، އެފަދަ ފަރާތްތަކުން މިއަދުވެސް ކުރަމުންދަނީ ރާއްޖެއަށް ލާދީނީ އުސޫލުތައް ތަޢާރަފްކުރުމުގެ މަސައްކަތް ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.

މީގެއިތުރުން، އެމްޑީޕީގެ ވެރިކަމެއް ދިވެހިން ބޭނުން ނުވަނީ މިފަދަ މީހުން އެ ޕާޓީއަށް ތާއީދުކޮށް، އެ ޕާޓީގެ އުސޫލުތައް ލިޔެ ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާތީ ކަމަށްވެސް ޝުޖާޢު ވަނީ ފާހަގަކުރައްވާފައެވެ.

ޝުޖާޢުގެ މި ބަސްތައް އަމާޒުވެފައިވަނީ ކުރީގެ ސަރުކާރުގެ ދައުރުގައި ދީނީ ގޮތުން ޚިލާފު ބައެއް ރިޕޯޓުތައް ނެރެ، އޭގެ ފަހުން ރާއްޖެއިން ފިލައިގެން ދިޔަ ބައެއް ފަރާތްތަކާއި ކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ކުރެވޭ އިންވެސްޓުމެންޓުތައް އިތުރުކުރުމަށް އެސްއީޒެޑް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި ޚަބަރު | 2 ދުވަސް ކުރިންރައީސް މުޢިއްޒަކީ އޯގާތެރި ވެރިއެއް، ޔާމީނުނަމަ މޫނު ކުނިކުރާނެ، އިބޫ ނަމަ މުޅިތަން ބަންދުކުރާނެ: ޝުޖާޢުޚަބަރު | މަހެއް ކުރިންޝިއާރުތައް ހިމެނޭ ބެނާތައް ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ: ޝުޖާޢުޚަބަރު | މަހެއް ކުރިންއަތޮޅުތައް އުވާލާކަށްނޫޅެން، ގެންނާނީ ރައްޔިތުން އެދޭ ހެޔޮބަދަލު: ޝުޖާއުޚަބަރު | 2 މަސް ކުރިން