logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަލް ނަޞްރުން ރޮނާލްޑޯގެ ޓީމްމެޓް ބްރޫނޯ ފެނާންޑޭޒްގެ ސޮއި ހޯދަން މަސައްކަތްކުރަނީ

އަބްދުﷲ ޣާނިމް
3 އޯގަސްޓު 2025 - 09:12
އަލް ނަޞްރުން ރޮނާލްޑޯގެ ޓީމްމެޓް ބްރޫނޯ ފެނާންޑޭޒްގެ ސޮއި ހޯދަން މަސައްކަތްކުރަނީ

މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ ސޮއި ހޯދުމުގެ މަސައްކަތް ސަޢޫދީގެ އަލް ނަޞްރުން ފަށައިފިކަމަށް ރިޕޯރޓްތައް ލިބެންފަށައިފިއެވެ.

މީގެކުރިން އަލްހިލާލުން ބްރޫނޯ ފެނާންޑޭޒްގެ ސޮއި ހޯދުމަށް 120 މިލިއަން ޔޫރޯ ޓްރާންސްފަރ ފީއާއެކު، އަހަރަކު 70 މިލިއަން ޔޫރޯގެ މުސާރައެއް ދޭން ހުށަހެޅިއެވެ. ނަމަވެސް މިހާރު އަލް ނަޞްރުގެ ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ބޭނުންވަނީ ޕޯޗުގަލްގެ ކުޅުންތެރިން އެއްތަނަކަށް ޖަމާކޮށް ރޮނާލްޑޯ އާއި ބްރޫނޯ އާއި ޖޮއާއޯ ފީލިކްސް އެއް ޓީމަކަށް ގެނެސްގެން ކުޅުވުންކަމުގައި ޕޯޗުގަލްގެ ނޫސް "އޭ ބޯލާ" އިންވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ފައިސާގެ ދަތިކަމެއް ނެތްކަމަށާއި، ޖޯޖް ޖެސަސް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމަކީ ބްރޫނޯ އަލްނަސްރަށް ގެނައުމަށް ފުދޭނެ ސަބަބުތަކެއްކަމަށް ބެލެވެއެވެ. މިހާރު ޖޮއާއޯ ފީލިކްސްވެސް ވަނީ ރޮނާލްޑޯއާއެކު އަލް ނަޞްރާއި ގުޅިފައެވެ.

މެންޗެސްޓަރ ޔުނައިޓެޑުން މިހާރު ވަނީ މަތިއުސް ކުންހާ އަދި ބްރަޔަން އެމްބިއުމޯ ފަދަ ކުޅުންތެރިން ސޮއިކުރުވާފައެވެ. އަދި ޕެރަގުއޭގެ ޒުވާން ކުޅުންތެރިއެއް ކަމަށްވާ ޑިއެގޯ ލިއޯން ވެސް ސެރޯ ޕޯޓެނޯއިން ގެނެސްފައިވެއެވެ. މީގެ އިތުރުން ޔުނައިޓެޑުން އިތުރު ފޯވާޑަކާއި މިޑްފީލްޑަރަކާއި ކީޕަރެއްގެ ސޮއި މި އަހަރުގެ ޓްރާންސްފަރ މާކެޓްގައި ހޯދަންބޭނުންވާކަމަށާއި، ނަމަވެސް މިކަމަށް ބޭނުންވާ ފައިސާ ހަމަޖެހެން އޮތީ ޔުނައިޓެޑްއަށް ކުޅުންތެރިން ވިއްކައިގެންނެވެ.

ނަމަވެސް އިތުރު ކުޅުންތެރިން ގެނައުމަށް ފައިސާ ހޯދުމަށްޓަކައި ޖޭޑަން ސާންޗޯ، އަލެހާންޑްރޯ ގަރނާޗޯ، އެންޓޯނީ އަދި ޓައިރެލް މަލާސިއާ ފަދަ ކުޅުންތެރިން ވިއްކާލަން މާކެޓަށް ލާފައިވާއިރ، އެއްވެސް ކުޅުންތެރިޔަކަށް މިހާތަނަށް ސީރިއަަސް އޮފާއެއް އައިސްފައިނުވެއެވެ. އެހެންކަމުން 120 މިލިޔަނަށްވުރެ މަތީ އަގެއް 30 އަހަރުގެ ބްރޯނޯ އަށް ހުށަހަޅާނަމަ، ފައިސާގެ ދަތިކަން ފިލުވުމަށް ޔުނައިޓެޑުން މިފަދަ ހުށަހެޅުމެއް ބަލައިގަތުމަކީ އެކަށީގެންވާކަމެކެވެ.

ޔުނައިޓެޑްގެ މިހާރުގެ ކޯޗު އަމޯރިމް އަށް ބްރޫނޯ ފެނާންޑޭޒް އަކީ ވަރަށް މުހިންމުކުޅުންތެރިއެކެވެ. އެހެންކަމުން ސީޒަން ފެށެން މިހާ ކުޑަތަންވެފައިވަނިކޮށް ޔުނައިޓެޑުން ބްރޫނޯ ދޫކޮށްލުމަކީ ނާދިރުކަމެެއްކަމުގައި ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެންކުޅިވަރު | 13 ގަޑިއިރު ކުރިންރޮނާލްޑޯގެ ގޯލާއެކު ޗެންޕިއަން އިއްތިހާދު ހަމަބިމަށް ތިރިކޮށް އަލް ނަޞްރު އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 25 ދުވަސް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިން