logo
MPL

MPL

ޚަބަރު

އާރުޑީސީގެކުރީގެ ޑީއެމްޑީ އަސްބާހު އެޗުޑީސީގެ ޑީއެމްޑީގެ މަގާމަށް

އައިމިނަތު މޫސާ
3 އޯގަސްޓު 2025 - 10:06
މުޙައްމަދު އަސްބާހު އަލީ ނަސީރު -  ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ
މުޙައްމަދު އަސްބާހު އަލީ ނަސީރު - ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަސްބާހު އަލީ ނަސީރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފިއެވެ.

އެޗްޑީސީގެ ޑީއެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަޔާޒު މަންސޫރު މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޑީސީ އެކްސްގައި ކުރި ޕޯސްޓުގައި ވަނީ އެ ކުންފުނީގެ ފަރާތުން އަސްބާހުއަށް މަރުހަބާ ކިޔާފައެވެ.

ފަޔާޒު އިސްތިއުފާ ދެއްވުމުގެ އެއް ދުވަސް ކުރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މައުރޫފް ޖަލީލު ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މައުރޫފް އިސްތިއުފާ ދެއްވުމުން އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރަކީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ކުރިން އަދާކުރެއްވި އަލީ ޒުހައިރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 10 ދުވަސް ކުރިންހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ %50 އިން ކުލި ނުދައްކާ: އެޗްޑީސީޚަބަރު | 22 ދުވަސް ކުރިންއެޗްޑީސީން 7 ރަށެއްގެ އައުޓްޑޯ ޖިމް ނިންމާލައިފިޚަބަރު | މަހެއް ކުރިންމުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީޚަބަރު | މަހެއް ކުރިން