ސަން އެލްއޭއެފްސީއަށް
3 އޯގަސްޓު 2025 - 10:08

ޓޮޓެންހަމް ހޮޓްސްޕަރގެ ކެޕްޓަން ހޫންގް-މިން ސަން، މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް) ގެ ކުލަބު ލޮސް އެންޖެލެސް އެފްސީ (އެލްއޭއެފްސީ) އާ ގުޅުމުގެ މަގުމަތީގައިވާ ކަމަށް ދަ އެތްލެޓިކްއިން ރިޕޯޓުކޮށްފިއެވެ. އައި އެލްއޭއެފްސީިއިން ސަން އަށް އަހަރަކު 20 މިލިޔަން ޔޫރޯގެ މުސާރައެއް ހުށަހަޅާފައިވާކަމަށް ވެއެވެ.
33 އަހަރުގެ ސަން ޓޮޓްނަމްއާެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާކަން އިއްޔެ ވަނީ އިޢުލާން ކޮށްފައެވެ. އަދި ޓޮޓެންހަމްގެ އައު މެނޭޖަރު ތޯމަސް ފްރޭންކްގެ ޕްލޭންތަކުގައި އޭނާ ފަސްޓް ޓީމުގެ ގަވާއިދުން ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި ނުހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަން ވަނީ ކުލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް ކަށަވަރުކޮށްދީފައެވެ.

Ad by Hajj Corporation
!7 aharufahun Tottenham ah thatteh hoadhaidhin captain club dhookohlan nimmaifi | Mendhuru TvTikTokYouTubeInstagramXFacebook
2026 ވަނަ އަހަރު އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ކުރިން ގަވާއިދުން މެޗުތަކުގައި ބައިވެރިވުމުގެ ފުރުސަތު އެލްއޭއެފްސީން ސަންއަށް ހޯދައިދޭނެއެވެ. އަދި މިއީ ޓޮޓެންހަމްއަށް ސަން ވިއްކައިގެން ފައިސާ ހޯދޭނެ ފަހު ފުރުސަތުވެސް މެއެވެ.
އެހެން ކުލަބުތަކުންވެސް ސަން ހޯދުމަށް މަސައްކަތްކުރަމުންދާއިރު، ހޮނިހިރު ދުވަހު އޭނާ ކުލަބު ދޫކޮށްލާނެކަން އިއުލާންކުރުމާއެކު، އެލްއޭއެފްސީއިން ސަންގެ ސޮއި ކުރިޔަށް އޮތް ދުވަސްތަކުގައި ކަށަވަރުކުރާނެކަމަށް ބެލެވެއެވެ.