logo
Bank of Maldives

Bank of Maldives

ޚަބަރު

ކާބޯތަކެތީގެ އަގާއި ގުޅުވައި އެމްޑީޕީން ފަތުރަމުންދަނީ ބުހުތާން ދޮގު ސިޔާސީ ވާހަކަތަކެއް: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޯގަސްޓު 2025 - 13:02
ކާބޯތަކެތީގެ އަގާއި ގުޅުވައި އެމްޑީޕީން ފަތުރަމުންދަނީ ދޮގު ސިޔާސީ ވާހަކަތަކެއް: މުހައްމަދު އިސްމާއީލް

ކާބޯތަކެތީގެ އަގު މީގެ ކުރިން ދުވަހަކުވެސް އުފުލިގެން ނުދާ މިންވަރަށް އުފުލިފައިވާ ކަމަށް ބުނެ އެމްޑީޕީން ފަތުރަމުންދަނީ ބުހުތާން ދޮގު ސިޔާސީ ވާހަކަތަކެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޙައްމަދު އިސްމާޢީލް ވިދާޅުވެފައިވަނީ، ފެހި ޤާނޫނުއަސާސީގެ ދަށުން އުފެދުނު ޑިމޮކްރަސީގެ ވެރިކަންތަކުގައި ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ހުރިހާ ނަޒަރިއްޔާތަކުން ވެސް އެންމެ އަނިޔާވެރި އަދި އެންމެ ދަތި ދުވަސްތަކެއް ކުރިމަތިކޮށްފައިވަނީ 2008 އިން 2013 އަށް ހިންގި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައާއި 2018 އިން 2023 އަށް ހިންގި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ތިމާމެން ބޭނުންވާ ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި ފިތުނަފަސާދައަށް މަގުފަހިވާގޮތަށް ސައްހަނޫން ދޮގު މަޢުލޫމާތު ފެތުރުމަކީ އިސްލާމީ ރިވެތި އުސޫލުތަކާ ޚިލާފު ދަށުދަރަޖައިގެ ހަޑިމުޑުދާރު ހުތުރު ޢަމަލެއް،" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

އެމްޑީޕީން ޒިންމާދާރުކަމާއެކު ސިޔާސީ މަސައްކަތް ކުރަން ދަސްކޮށް، ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރައްޔިތުންނަށް ނަމޫނާ ދައްކަން ޖެހޭ ކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

ދޮގު ވިއްކައިގެން އަބަދަކު ރައްޔިތުންގެ ރުހުމެއް ނުހޯދޭނެ ކަމަށާއި، ދޮގު ވިއްކައިގެން އަބަދަކު ކާމިޔާބީއެއް ވެސް ނުހޯދޭނެކަން ދަންނަންވާނެ ކަމަށް ވެސް މުހައްމަދު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | 3 ދުވަސް ކުރިންއެމްޑީޕީގެ ނިމިދިޔަ ވެރިކަމަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ދަރަންޏަށް ފައިސާ ނެގި ވެރިކަން: މުހައްމަދު އިސްމާއިލްޚަބަރު | 3 ދުވަސް ކުރިންރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ހަދަން އެމްޑީޕީން ފާސްކޮށްފިޚަބަރު | މަހެއް ކުރިންއެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" ރަސްމީކޮށް އިފުތިތާހުކޮށްފިޚަބަރު | މަހެއް ކުރިން