logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" ރަސްމީކޮށް އިފުތިތާހުކޮށްފި

ޒިދާން މުޙައްމަދު
13 ފެބްރުއަރީ 2026 - 06:10
އެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" ރަސްމީކޮށް އިފުތިތާހުކޮށްފި

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަަށް ޚާއްސަކޮށްގެން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - އެމްޑީޕީއިން ކުރިއަށް ގެންދާ "ހޭވައްލާ ތައްޔާރު" ކެމްޕެއިން ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

މި ކެމްޕެއިން އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވަނީ ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް ތުހުމަތުކުރައްވައި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީގެ ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ވަޒީފާ ދިނުމަށްފަހު، ރައްޔިތުން "މުސާރައިގެ އަޅުންނަށް" ހަދައި، ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ. މިގޮތުން ތިނަދޫ ސިޓީގެ ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ އެހެން ރަށްރަށަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި، މިފަދަ ބިރުދެއްކުންތައް ހުއްޓުވޭނީ ކައުންސިލްތައް ބާރުވެރިކުރުވައިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ދައްކާ ވާހަކަތަކަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، އެކަމުގެ އަޑީގައި އޮތީ މަކަރާއި ހީލަތް ކަމަށެވެ.

އިންތިޚާބު އެއްކޮށްލައިގެން ސަލާމަތްވާނެ ކަމަށް ބުނާ 20 މިލިއަން ރުފިޔާއަކީ ސިޔާސީ 30 މުވައްޒަފުން މަދުކޮށްލައިގެން ވެސް ސަލާމަތް ކުރެވޭނެ އަދަދެއް ކަމަށާއި، ސަރުކާރުގެ ހަގީގީ ބޭނުމަކީ ރައްޔިތުން ބަސްބުނުމުގެ ފުރުސަތު ހަނިކުރުން ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.

ސަރުކާރުގެ މިސްރާބު ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ހުރިކަމަށް އިންޒާރު ދެއްވަމުން، މިއަދު މަޖިލީހުގެ ދައުރު ކުރުކުރަން އަހާ ފަދައިން، މާދަމާ ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ދިގުކުރަން ވެސް އަހާފާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ މިއީ "ވަގުތީ ސަރުކާރެއް" ކަމަށް ސިފަކުރައްވައި، ކުރިއަށް އޮތް އިންތިޚާބުގައި ކައުންސިލް ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބުކޮށްދީ ސަރުކާރު ބަލިކުރުމަށް ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | 12 ދުވަސް ކުރިންރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ހަދަން އެމްޑީޕީން ފާސްކޮށްފިޚަބަރު | މަހެއް ކުރިންއެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" ރަސްމީކޮށް އިފުތިތާހުކޮށްފިޚަބަރު | 2 މަސް ކުރިންކަށިގަނޑުފުމެ އަޑުގަދަކުރުމުން "ރަތްކާޑު" ދައްކާ ތަޅުމުން ބޭރުޚަބަރު | 2 މަސް ކުރިން