logo
Bank of Maldives

Bank of Maldives

ޚަބަރު

އުއްތަމަ ފަނޑިޔާރަކަށް އައްޔަނުކުރަން ޣަނީގެ ނަން މަޖިލީހަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޯގަސްޓު 2025 - 02:09
އުއްތަމަ ފަނޑިޔާރަކަށް އައްޔަނުކުރަން ޣަނީގެ ނަން މަޖިލީހަށް

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަނުކުރުމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ މިއަދު ހެނދުނު 9:00 ގައި ފެށޭ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މިހާރު ވަނީ ހިމަނާފައެވެ. މިގޮތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ދެވަނަ ނަންބަރުގައި ''ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ފައިވާ ނަންފުޅު ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން'' ވަނީ ހިމަނާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޣަނީ ހޮވިވަޑައިގަތީ ހޮނިހިރު ދުވަހު ބޭއްވުނު އިންޓަވިއުތަކަށް ފަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެއްވި މާކްސްތަކުންނެވެ. މި މަގާމަށް ޣަނީގެ އިތުރުން ކުރިމަތިލެއްވި ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ތެރެއިން ޣަނީއަށް ވަނީ "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގެންފައެވެ.

އަބްދުލްޣަނީ މުހައްމަދަކީ ޝަރުޢީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނަކީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ޖޭއެސްސީގެ މެމްބަރުކަމާއި އަދި ސިވިލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ޣަނީ ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން އެލްއެލްބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރޫޑެންސް އާއި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ހާސިލުކުރައްވާފައެވެ. މީގެއިތުރުން މިހާރު އިސްލާމިކް ޔުނިވަރސިޓީގައި ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ ކޯސް ދަނީ ފުރިހަމަކުރައްވަމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ނަންފުޅެއް މަޖިލީހުން ފާސްވުމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 12 ދުވަސް ކުރިންހިތަދޫ އުތުރު ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާން ވާދަކުރައްވަނީޚަބަރު | 12 ދުވަސް ކުރިންވަކި ޕާޓީއަކުން ހުށަހެޅި ބިލަކަށް ވާތީ ބޭރުކުރީ 19 ވަނަ މަޖިލީހުގައި؛ މިދައުރުގައި އެކަން ނުފެންނާނެޚަބަރު | 13 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީޚަބަރު | 13 ދުވަސް ކުރިން