logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓްރާންސްފާ މައްސަލައިގައި ލުކްމަން އެޓަލާންޓާގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލައިފި

އަބްދުﷲ ޣާނިމް
5 އޯގަސްޓު 2025 - 07:53
ލޫކްމަން މިހާރު ބޭނުންވަނީ އިންޓަރ މިލާން އަށް ބަދަލުވުމަށްކަމަސް ރިޕޯޓްތައް ލިބޭ
ލޫކްމަން މިހާރު ބޭނުންވަނީ އިންޓަރ މިލާން އަށް ބަދަލުވުމަށްކަމަސް ރިޕޯޓްތައް ލިބޭ

އެޓަލާންޓާގެ ނައިޖީރިއާ ފޯވަޑް އަދެމޯލާ ލުކްމަން އިންޓަރ މިލާނަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހޫނުވެއްޖެއެވެ. މިގޮތުން އިއްޔެ އޭނާވަނީ ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލާފައެވެ.

ލުކްމަން ދިޔަ ހަފްތާގައި އިންސްޓަގްރާމްގައި ދިގު ބަޔާނެއް ޝާއިއުކޮށް، އަޓަލާންޓާއިން "ވެފައިވާ ވައުދުތައް" އޮޅާލާފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ ކްލަބުން ބަދަލުވުމަށް ރަސްމީކޮށް އެދިފައިވާ ކަމަށްވެސް ހާމަކޮށްފައެވެ. ލުކްމަންގެ އެއްބަސްވުން އަޓަލާންޓާއާއެކު 2027 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ދެމިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލުކްމަން ތަމްރީނަށް ނުނިކުތުމަކީ އަޓަލާންޓާއިން އޭނާ ދޫކޮށްލުމަށް ބާރުއެޅުމުގެ ގޮތުން ކުރާކަމެކެވެ.

މި މައްސަލައާ ގުޅޭގޮތުން އެޓަލާންޓާގެ ސީއީއޯ ލޫކާ ޕަރކާސީ ވަނީ ކްލަބުގެ ސްޓޭންޑް ސާފުކޮށް ބަޔާންކޮށްފައެވެ. އެގޮތުން މި ސަމަރގައި ލުކްމަން ވިއްކާލާނަމަ، އެނާއަށް ބަދަލުވެނޭނީ އިޓަލީން ބޭރުގެ ކްލަބަކަށް ކަމަށާއި، އެޓަލާންޓާއާއި އެއްލީގެއްގެ ވާދަވެރި ކުލަބަކަށް ނުވިއްކާނެކަމުގައި ބުނެފައިވެއެވެ.

ލުކްމަންގެ ސޮއި ހޯދުމަށް އިންޓަރ މިލާނުން 45 މިލިޔަން ޔޫރޯ ހުށަހެޅުމަށް ތައްޔާރަށް ތިބިކަމަށް ރިޕޯޓްތައް ލިބެއެވެ.

މި ހަފްތާގައި ތަމްރީނަށް ނުނިކުތުމާއެކު ލުކްމަންއާއި އެޓަލާންޓާގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އަދި މިމައްސަލައިގައި ދެފަރާތުންވެސް އެއްވެސް ލުއެއް ދޭން ބޭނުން ނުވާކަން ފާހަގަކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 މަސް ކުރިން