logo
MPL

MPL

ޚަބަރު

15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން އާންމުންގެ އެހީއަށް އެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޯގަސްޓު 2025 - 08:38
ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ، ފޮޓޯ: ޕޮލިސް
ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ، ފޮޓޯ: ޕޮލިސް

ޅ. ނައިފަރަށް ނިސްބަތްވާ 15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން އަންގާރަ ދުވަހު ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15 އަހަރު) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާގެ އާއިލާއަށް އެއްވެސް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން ދިން މައުލޫމާތުގައި، މައިސަރާ ގެއްލުނުއިރު ހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ ސައިޑްޕޮކެޓް ޓްރެކް ބޮޓަމެއް ލައިގެން ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި އާންމު ރައްޔިތުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން މައިސަރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ، ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792187 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | ދުވަހެއް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 9 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 9 ދުވަސް ކުރިން