logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާގައި ދިރިއުޅޭ 2.2 މިލިއަން މީހުން ތިބީ ހައިހޫނު ކަމުގައި

އަޙްމަދު ޒަލީފް
5 އޯގަސްޓު 2025 - 12:19
-
-

ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެއްސުމުގެ މަސައްކަތް ޔަހޫދީން ފަށައިފިއެވެ.

ފަލަސްޠީނުގެ ޣައްޒާއަށް ވެރިވެގަނެ، ޣައްޒާގެ ރައްޔިތުން އަޅުވެތިކުރުމަށް ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، ނަތަންޔާހޫގެ ނިންމުމާ އެކު މުޅި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން އަތްގަދަކޮށް، އަސްކަރީ އޮޕަރޭޝަންތައް ވަނީ ފުޅާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާ ފޭރިގަތުމަށް ނިންމާފައިވާ ކަން ރަސްމީކޮށް އިޢުލާނު ކޮށްފައި ނެތް ނަމަވެސް، އެ ގޮތަށް އަމަލު ކުރުމަށް ނިންމާފައިވާ ކަން ނަތަންޔާހޫގެ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޔަހޫދީން ޤަތުލު ޢާންމެއް ހިންގަން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 60,000 އަށްވުރެ މައްޗަށް އުފުލިފައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 74 މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ކާބޯތަކެތި ބަހާ މަރުކަޒުތައް ކައިރީގައި ޝަހީދު ކޮށްލާފައިވާ 36 މީހުން ހިމެނެއެވެ.

ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި އަސީރުން މިނިވަން ކުރާނެ ކަމަށް ބެލެވެނީ ޔަހޫދީން އަމާން ދިނުމުންނެވެ. އަދި، އަމާންދީ، ޣައްޒާއިން ފޭބުމަކީ ނަތަންޔާހޫގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޣައްޒާއިން ބަނޑަށްޖެހިގެން ޝަހީދުވި މީހުންގެ އަދަދު ވަނީ 175 އަށްވުރެ މައްޗަށް އުފުލިފައެވެ. މި ފަދަ ޖަރީމާތައް ހިންގަމުން ދަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި ޚަބަރު | މަހެއް ކުރިންޔަހޫދީން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފި ދުނިޔެ | މަހެއް ކުރިންފަލަސްތީނުގެ 14 މީހަކު މިނިވަންކޮށްފި ދުނިޔެ | މަހެއް ކުރިންޣައްޒާ ފަހުނޭވާގައި: ރައްޔިތުން ބަނޑަށް ޖެއްސުމަށް ކުރާ މަސައްކަތަށް ނިމުމެއް ނެތް ދުނިޔެ | މަހެއް ކުރިން