logo
ޚަބަރު

ފެންނަނީ ތަންތަނުގެ އިސްވެރިން ވެސް ނުހައްގުން މުއްސަނދިކަން ހޯދާތަން : މެންބަރު ނާޒިމް

ނުހާ އަޙްމަދު
6 އޯގަސްޓު 2025 - 06:01
ފެންނަނީ ތަންތަނުގެ އިސްވެރިން ވެސް ނުހައްގުން މުއްސަނދިކަން ހޯދާތަން : މެންބަރު ނާޒިމް

މިހާރު ފެންނަނީ ތަންތަނުގެ އިސްވެރިން ވެސް ނުހައްގުން މުއްސަނދިކަން ހޯދާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ ގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މެންބަރު އެފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2010 ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެވަޑައިގެން ބަހުސް ކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ނާޒިމް ވިދާޅުވީ، ދިވެހި ދައުލަތަށް ލިބޭ އާމްދަނީ ދެފުށް ފެންނަ ގޮތަކަށް ލިބިގަތުމާއި، އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ މުހިންމު ކަމެއް ކަމަށް. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، ނުވަ ބިލިއަނެއްހާ ރުފިޔާގެ ޓެކްސް ނުދެއްކުމުގެ ޖޫރިމަނާއާއި ރަށްތަކުގެ ޖޫރިމަނާ ފަސްކޮށްދީފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުގައި ރިސޯޓުތަކުން ދައްކަން އޮތް ކުއްޔާއި، ކުލި ދެއްކުމުގެ ސަބަބުން އަރާފައި ހުރި ޖޫރިމަނާއާ، މިކަހަލަ ފައިސާއިން އެތައް ބިލިއަން ރުފިޔާއެއް ލަސްކޮށްދީ، ފަސްކޮށްދީ، އަދި މާފު ވެސް ކޮށްދީފައި އެބަހުރި، - މެންބަރު އަހްމަދު ނާޒިމް .

ނާޒިމް ފާހަގަކުރެއްވި ގޮތުގައި ފެންނަނީ މުއައްސަސާތަކުގެ އިސްވެރިންނާއި މިނިވަން މުސްތަޤިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ނުޙައްގުން މުއްސަނދިކަން ހޯދައި، އެ މުއްސަނދިކަން ފަށަލަކޮށް ފޮރުވައި، އާއިލާގެ މެންބަރުންގެ މައްޗަށް އެ މުއްސަނދިކަން ފަތުރަމުންދާ މަންޒަރެވެ.

ނާޒިމް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ. އެއީ ޓެކްސް ދައްކަންވީ އިރަކާއި، ދައްކަންޖެހޭ މިންވަރާއި، އަމަލުކުރަންވީ އުސޫލުތައް އެނގި، ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްދާނެތީ ކަމަށް ވެސް ނަޒީމް ވިދާޅުވިއެވެ.

މެންބަރު އެފަދައިން ވިދާޅުވިއިރުި، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ، ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އަޅައި، އެ ފައިސާތައް ހޯދުމަށް މީރާއަށް ދޭ ބާރުތައް ބޮޑުކުރުމަށް ހިމަނާފައެވެ.

އެގޮތުން  އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނައިފައެވެ.

އަދި ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް، ހަ މަސް ދުވަހާ ހަމައަށް ގޭބަންދުކުރުމުގެ ޖިނާއީ އަދަބު، 250،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ހުށަހަޅައިފައެވެ.

އަދި ޓެކްސް ދައްކަންޖެހޭ މުއްދަތުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދަށް ނަގަމުން އަންނަ 0.05 ޕަސެންޓުގެ ޖޫރިމަނާ ދެ ގުނަ ބޮޑުކޮށް، ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓުގެ ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.

އަދި ހަމައެހެންމެ، ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، މީރާ އަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ވަނީ ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޑޯންޓް މިސްލީޑް!''، ކްރެޑިޓްކާޑާއި ގުޅުވައި ފަތުރަނީ ބުހުތާން ދޮގެއް: މެމްބަރު އިބްރާހީމް މުހައްމަދުޚަބަރު | 3 ދުވަސް ކުރިންކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފިޚަބަރު | 3 ދުވަސް ކުރިންމީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ސިނާންޚަބަރު | 3 ދުވަސް ކުރިންސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙްޚަބަރު | 3 ދުވަސް ކުރިން