logo
Bank of Maldives

Bank of Maldives

ޚަބަރު

ބައެއް ފަރާތްތަކުން ގިނަ ޓެކްސްތަކެއް ނުދައްކާ، ގިނަ ފަހަރަށް ރިޕޯޓުވެސް ހުށަނާޅާ: އިބްރާހިމް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޯގަސްޓު 2025 - 20:13
ބައެއް ފަރާތްތަކުން ގިނަ ޓެކްސްތަކެއް ނުދައްކާ، ގިނަ ފަހަރަށް ރިޕޯޓުވެސް ހުށަނާޅާ: އިބްރާހިމް

ބައެއް ފަރާތްތަކުން ގިނަ ޓެކްސްތަކެއް ދައުލަތަށް ނުދައްކާ ކަމަށާއި، ގިނަ ފަހަރަށް ރިޕޯޓުވެސް ހުށަނާޅާކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

މެމްބަރު އިބްރާހީމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ބުދަ ދުވަހު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު އިބްރާހީމް ވިދާޅުވިގޮތުގައި ޤައުމު ޤައުމެއް ގެ ގޮތުގައި ހިންގޭނީ ހުރިހާ އެންމެން އެކުއެކީ އަތުގުޅާލައިގެން ކަމަށާއި، އަދި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގައި ހުރިހާ ވިޔަފާރިވެރިން ވެސް އަތުގުޅާލައިގެން ކަމަށެވެ.

މެމްބަރު ވިދާޅުވިގޮތުގައި އެއިރުން ނަތީޖާއަކަށް ވެގެންދާނީ ޤައުމެއް މުއްސަނދިވުމަކީ އެ ޤައުމެއްގެ ވިޔަފާރިކުރާ ބަޔަކަށް އިތުރަށް ގިނަގުނަ މަންފާތަކެއް ކުރުންކަމަށެވެ. އަދި އެއީ ދެބަސްވުން އޮންނާނެކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

''އަޅުގަނޑުމެންނަށް އެބަ އިނގޭ ވަރަށް ގިނަ ޓެކްސްތަކެއް ބައެއް ފަރާތްތަކުން ނުދައްކާ ހުރިކަން، އަދި ގިނަ ފަހަރަށް ރިޕޯޓް ވެސް ހުށަނާޅާކަން، އަޅުގަނޑަށް ހީވަނީ މި ގާނޫނުގައި ބޮޑަށް މި ހިމަނާފައި މިވަނީ ބައެއް ފަރާތްތަކުން ރިޕޯޓްތައް ވެސް ހުށަނާޅާތީ އެކަންކަމުގެ މައްޗަށް ބަލައި މި އިތުރަށް ޓެކްސް ދައްކާ ފަރާތަށް އިތުރަށް ބާރަވެރިކުރުވައި، ޓެކްސް ދައުލަތަށް ލިބެންޖެހޭ ޓެކްސް ހޯދައިގަތުމުގެ ބޭނުމުގައި ހުށަހެޅިގެންދާ އިޞްލާޙެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ'' އޭނާ ވިދާޅުވެފަވެއެވެ.

އިބްރާހިމް ވިދާޅުވިގޮތުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ޓެކްސް ދެއްކި ކަމުގައިވީނަމަވެސް، ބޮޑެތި ބައެއް ވިޔަފާރިވެރިން ޓެކްސް ނުދައްކައެވެ. މިކަމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ނުދެވި، ދައުލަތުން ނަގާފައިވާ ލޯނުތައް ނުދެއްކި، ދައުލަތް ދަރަނިވެރިވަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 5 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 5 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | 24 ދުވަސް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން