logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސެސްކޯގެ ބަދަލު ނިއުކާސަލްއިން ނިކޮލަސް ޖެކްސަން ގެންނަނީ

އަބްދުﷲ ޣާނިމް
7 އޯގަސްޓު 2025 - 04:28
ނިކޮލަސް ޖެކްސަންގެ އިންސްޓަގްރާމްގައި އަމިއްލައަށް ކޮށްފައިވާ ޕޯސްޓެއް
ނިކޮލަސް ޖެކްސަންގެ އިންސްޓަގްރާމްގައި އަމިއްލައަށް ކޮށްފައިވާ ޕޯސްޓެއް

ޗެލްސީގެ ސެނެގަލް ސްޓްރައިކަރު ނިކޮލަސް ޖެކްސަން އަށް ނިއުކާސްލް ޔުނައިޓެޑުން ރަސްމީ އޮފަރެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

24 އަހަރުގެ ސްޓްރައިކަރު ވިއްކާލުމަށް ޗެލްސީން އެއްބަސްވެފައިވާ ކަމަށާއި، ދެ ކުލަބުގެ މެދުގައި އިބްތިދާއީ މަޝްވަރާތައް ކުރިއަށް ގޮސްފައިވާ ކަމަށް ވެސް ބެން ޖޭކޮބްސް ހާމަކުރިއެވެ. ޖެކްސަން ދޫކޮށްލުމަށް ޗެލްސީން އަގުކޮށްފައިވަނީ 80 މިލިއަން ޕައުންޑުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލީގު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ނިއުކާސަލް އިން އެންމެ ފަހުން ސޮއި ހޯދަން މަސައްކަތްކުރި ސެސްކޯވެސް މިހާރު ވަނީ މެންޗެސްޓަރ ޔުނައިޓެޑް އާއި ގުޅެން ނިންމާފައެވެ. އެހެންކަމުން ނިއުކާސަލް އިން މިހާރު އަމާޒުހިފާފައިވަނީ ޗެލްސީގެ މިދިޔަ ސީޒަނުގެ މައި ސްޓްރައިކަރުގެ ސޮއި ހޯދުމަށެވެ. ޗެސްލީއިން މި ސީޒަނުގައި އަލަށް ދެފޯވާޑުން ސޮއިކޮށްފައިވާއިރު، އަންނަ ސީޒަނުގައި ޖެކްސަން އަށް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ލިބުމަކީ ދުރުގައިވާކަމެކެވެ. އެހެންކަމުން ޖެކްސަން ޗެލްސީ ދޫކޮށްލުމަކީ ގާތުގައިވާކަމެކެވެ.

މީގެ ދެއަހަރުކުރިން ވިލަރެއާލް އިން 32 މިލިޔަން ޕައުންޑްއަށް ޗެލްސީއާއި ގުޅުނު ޖެކްސަން ވަނީ ޗެލްސީގެ ޖޯޒީގައި 81 މެޗުން 32 ގޯލުޖަހާފައެވެ.
ލަނޑުޖެހުމަށްފަހު މައިކަލް ޖެކްސަން ސްޓެޕްތައް ބޭނުންކޮށްގެން އުފާ ފާޅުކުރާ ނިކޮލަސް ޖެކްސަން އަކީ މައިކަލް ޖެކްސަންގެ ބޮޑު ފޭނެކެވެ. ޖެކްސަން ގެ މުސްތަޤުބަލާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް އޭނާގެ އެޖެންޓް ވަނީ މީގެކުރިން ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރުވަގުތުގެ ޖެހި ދެލަނޑާއެކު ޗެލްސީ ބޮޑު ލަދުވެތިކަމަކުން ސަލާމަތްވެއްޖެކުޅިވަރު | 3 ދުވަސް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ކެރިކްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބަލިކުޅިވަރު | 6 ދުވަސް ކުރިންޖޮއާއޯ ޕެޑްރޯގެ ހެޓްރިކާއެކު ލިވަޕޫލް ފަހަތަށް ޖައްސާލުމަސްފަހު ޗެލްސީއިން ޔޫރަޕުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 6 ދުވަސް ކުރިންކޯނަރު އެފްސީ 10 މީހުންނާއެކު ކުޅުނު ޗެލްސީ ކޯނަރުން ތަޅައި ހަމަބިމަށް ތިރިކޮށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 9 ދުވަސް ކުރިން