logo
ކުޅިވަރު

ސެސްކޯގެ ސޮއި ހޯދުމުގެ ރޭހުގައި ޔުނައިޓެޑުން ނިއުކާސަލްގެ މައްޗަށް ކުރިހޯދައިފި

އަބްދުﷲ ޣާނިމް
6 އޯގަސްޓު 2025 - 09:18
ސެސްކޯ
ސެސްކޯ

ލައިޕްޒިގްގެ ފޯވަޑް ބެންޖަމިން ސެސްކޯގެ ސޮއި ހޯދުމުގެ ރޭހުގައި މެންޗެސްޓަރ ޔުނައިޓެޑް ނިއުކާސަލްގެ މައްޗަށް ކުރިހޯދައިފިއެވެ. އެގޮތުން ސެސްކޯ މެންޗެސްޓަރ ޔުނައިޓެޑާއެކު އަމިއްލަ ޝަރުތުތަކަށް އެއްބަސްވެފައިވާކަމަށް ފަބްރީޒިއޯ އަދި އޮންސްޓެއިން ވަނީ ރިޕޯޓްކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 2030 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އޭނާ ޔުނައިޓެޑްގައި ކުޅޭނެއެވެ.

ސެސްކޯގެ ސޮއި ހޯދަން މީގެކުރިން އެހެން ކްލަބުތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ސެސްކޯ އެއްވެސް އެހެން އޮފަރަކަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. އޭނާގެ އެންމެ އިސް އަމާޒަކަށް ވެފައިވަނީ ޔުނައިޓެޑްއަށް ބަދަލުވުމެވެ.

Hajj CorpoorationSesko ge soi hoadhumah Newcastle aa Manchester United gadha hifumakah | Mendhuru TvTikTokYouTubeInstagramXFacebook

Sesko ge soi hoadhumah Newcastle aa Manchester United gadha hifumakah | Mendhuru TvTikTokYouTubeInstagramXFacebook

 

މެންޗެސްޓަރ ޔުނައިޓެޑާއި އާރްބީ ލައިޕްޒިގް އާ ދެމެދު މަޝްވަރާތައް ކުރިއަށްދާއިރު، މި ޑީލް ނިންމުމާ މެދު އިތުބާރު އިތުރުވަމުންދާ ކަމަށް ފެބްރިޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވެއެވެ. ޔުނައިޓެޑާއި ނިއުކާސަލް ސެސްކޯގެ ސޮއި ހޯދުމަށް ގަދަހިފުމަކަށް ގޮސްފައިވާއިރު، އެންމެ ފަހުން ޔުނައިޓެޑުން ހުށަހެޅި ޖުމްލަ އަގު އެޑް-އޮންސްތަކާއެކު 85 މިލިޔަން ޔޫރޯއަށް އަރާނެކަމަށް ބީބީސީއިން ރިޕޯޓްކޮށްފައިވެއެވެ.

ޔުނައިޓެޑްގެ ސްޓްރައިކަރުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސެސްކޯއަކީ ދުރު މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ކްލަބުން ދެކެއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަލޭބާ އަތުޖެހޭ ހިސާބަކު ނެތް! ޔުނައިޓެޑްގެ ފޯކަސް އެހެން ދިމާލަކަށްކުޅިވަރު | ދުވަހެއް ކުރިންރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބަކަށް މެންޗެސްޓަރ ޔުނައިޓެޑްކުޅިވަރު | 2 ދުވަސް ކުރިންރޮޑްރީގޯގެ ސޮއި ހޯދުމަށް ޓީމުތަކުން ކިޔޫގައި، މިވަގުތު އެންމެ ކުރީގައި ސިޓީކުޅިވަރު | 3 ދުވަސް ކުރިންރަޝްފޯޑުގެ ފާޑުކިޔުންތައް މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ބަންޑުންކޮށްލައިފިކުޅިވަރު | 4 ދުވަސް ކުރިން