logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނެސްފި، ކިލޯއެއް 15 ރުފިޔާއަށް

ޝަހްޒާ މުހައްމަދު
7 އޯގަސްޓު 2025 - 07:48
ރާއްޖޭގެ ބާޒާރުގައިހުރި ފިޔާތަކެއް: ފިޔާގެ އަގު ވަނީ ބޮޑުވެފައި
ރާއްޖޭގެ ބާޒާރުގައިހުރި ފިޔާތަކެއް: ފިޔާގެ އަގު ވަނީ ބޮޑުވެފައި

ބާޒާރުގައި ފިޔާ ލިބުން ދަތިވެ އަގު މައްޗަށް ދިއުމާގުޅިގެން އެކަން ހައްލުކުރުމަށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

މޫސުމީ ކަންކަމުގެ ސަބަބުން ރާއްޖެއަށް ފިޔާ ގެނައުމަށް ދިމާވި ދަތިތަކަކާއި ގުޅިގެން، ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން އެސްޓީއޯއިން ގެނައި ފިޔާ ޝިޕްމަންޓް އެކުންފުނީގެ މައި ފިހާރަ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލްސެންޓަރުން ވިއްކަން ފަށާފައިވާކަމަށް އެސްޓީއޯއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްޓީއޯ ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުންނާނީ 15 ރުފިޔާއަށެވެ. އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު ބާޒާރުގައި ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ. އެގޮތުން ފިޔާ ކިލޯއެއްގެ އަގު 40 ރުފިޔާއިން މައްޗަށް އުފުލުނެވެ. އޭގެ ފަހުން ކޮންމެވެސް ވަރަކަށް ފިޔާ ލިބެން ފެށުމުން އަގުވަނީ 20 ރުފިޔާއަށް ދަށްވެފައެވެ.

ފިޔާ އާންމުކޮށް ގެންނަނީ މުދާ އިމްޕޯޓްކުރާ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު އެސްޓީއޯއިން ދާއިމީކޮށް ފިޔާ ނުގެނެއެވެ. ނަމަވެސް އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ދަތިވާ ހާލަތްތަކުގައި އެސްޓީއޯއިން އަބަދުވެސް މުދާ ގެނެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދުން ފެށިގެން ތިން ދުވަހަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުވާނެޚަބަރު | 3 ދުވަސް ކުރިންއެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދުޚަބަރު | މަހެއް ކުރިންތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | 2 މަސް ކުރިންމި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއްޚަބަރު | 2 މަސް ކުރިން