logo
MPL

MPL

ކުޅިވަރު

މި އަހަރުގެ ބެލަންޑިއޯ އަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓް އިޢުލާންކޮށްފި

އަބްދުﷲ ޣާނިމް
7 އޯގަސްޓު 2025 - 15:02
މިދިޔަ އަހަރު މިއެވޯޑް ހޯދީ މެންޗެސްޓަރ ސިޓީގެ ރޮޑްރީ
މިދިޔަ އަހަރު މިއެވޯޑް ހޯދީ މެންޗެސްޓަރ ސިޓީގެ ރޮޑްރީ

2025 ވަނަ އަހަރުގެ ބެލޯން ޑީ އޯރ އެވޯޑަށް ނޮމިނޭޓް ކުރެވުނު30 ފުޓްބޯޅަ ތަރިން އިއުލާނު ކޮށްފިއެވެ. މި އަހަރުގެ ނޮމިނީސްގެ ތެރޭގައި ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ)ގެ ތަރި އުސްމާން ޑެމްބެލޭ އާއި ބާސެލޯނާގެ 18 އަހަރުގެ ޒުވާން ތަރި ލަމީން ޔަމާލް ހިމެނެއެވެ.

މިއަހަރުގެ މިއެވޯޑްއަށް އެންމެ ވާދަކުރާ އެކަކީ ޕީއެސްޖީގެ އުސްމާން ޑެމްބެލޭއެވެ. ޕީއެސްޖީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކަށަވަރު ކުރުމުގައި ޑެމްބެލޭ އަދާކުރި މުހިންމު ދައުރު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޑެމްބެލޭ ވަނީ މިމުއްދަތުގެ ތެރޭގައި ޕީއެސްޖީގައި 4 ތަށި ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން މިލިސްޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އަނެއް ކުލުންތެރިޔަކީ ބާސެލޯނާގެ ރަފީނިޔާއެވެ. ބާސެލޯނާއިން ޖުމްލަ ތިން ތަށްޓެއް ކާމިޔާބުކޮށްފައިވާއިރު، ރަފީނިޔާ ވަނީ ޓީމުގައި މުހިންމު ދައުރެެއް އަދާކޮށްފައެވެ. މިދިޔަ ސީޒަނުގެ ލަލީގާގެ މޮޅުކުޅުންތެރިޔާގެ އެވޯޑް ހޯދީވެސް ރަފީނިޔާއެވެ. ރަފީނިޔާގެ އިތުރުން ބާސެލޯނާގެ ޒުވާން ކުލުންތެރިޔާ ލަމީން ޔަމާލް ވެސް މިއަހަރުގެ މިއެވޯޑަށް ވަރަށް ވާދަކުރާނެކަމަށް ބެލެވެއެވެ.

މިލިސްޓުގައި މިދިޔަ އަހަރު މިއެވޯޑް ކާމިޔާބުކުރި މެންޗެސްޓަރ ސިޓީގެ ރޮޑްރީ ނުހިމެނެއެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ބޮޑު ބައެއް ރޮޑްރީ ހުރީ ކުޅުމާއި ދުރުގައެވެ.

ޑެމްބެލޭގެ އިތުރުން ޕީއެސްޖީގެ އިތުރު 8 ކުޅުންތެރިން މި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ޑެސިރޭ ޑޫއޭ، އަޝްރަފް ހަކިމީ އަދި ހްވީޗާ ކްވަރަޓްސްހެލިއާ ހިމެނެއެވެ. ނަމަވެސް އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ ޕްރިމިއަރ ލީގުންނެވެ. މީގެ ތެރޭގައި ކޯލް ޕާމަރ، މުހައްމަދު ސަލާހް އަދި ޑެކްލަން ރައިސް ފަދަ ކުޅުންތެރިން ހިމެނެއެވެ.

މި އަހަރުގެ ނޮމިނީސްގެ ތެރޭގައި ލަ ލީގާގެ 8 ކުޅުންތެރިން ހިމެނޭއިރު، އޭގެ ތެރޭގައި ރެއަލް މެޑްރިޑްގެ ޖޫޑް ބެލިންގަމް، އެމްބާއްޕޭ އަދި އަދި ވިނީސިއަސް ޖޫނިއަރ ހިމެނެއެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރ ސްކޮޓް މެކްޓޮމިނޭ ވެސް މި ލިސްޓުގައި ހިމެނިފައިވެއެވެ.

529193936_1242346224604697_8282207022629226887_n.jpg

ބެލަންޑިއޯ އަށް ވާދަކުރާ 30 ކުޅުންތެރިން

މީގެ އިތުރުންވެސް މިއަދު ހަވީރުގައި ވަނީ މިއަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ކުލުންތެރިންގެ ލިސްޓް އިޢުލާންކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބާޕޭ އާއި ޔަމާލް ފަހަތަށް ޖައްސާލުމަށްފަހު 25 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ކުޅުންތެރިއަކު ބެލޮންޑިއޯ ކާމިޔާބުކޮށްފިކުޅިވަރު | 9 ދުވަސް ކުރިންބެލަންޑޯ ލިބެންޖެހޭނީ މަށަށް - ޔަމާލްކުޅިވަރު | 2 މަސް ކުރިންބެލަންޑޯ މިފަހަރު ލިބޭނީރޮޑްރީއަށް - ލަލީގާގެ ރައީސްކުޅިވަރު | 2 މަސް ކުރިންރަފީނިޔާގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް މެސެޖުތަކެއް. މިއީ ހަމަ ޙައްގު މިންވަރުބާ؟ރިޕޯޓް | އަހަރެއް ކުރިން