logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަދޫގައި ސްކޭޓް ޕާކެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ނުހާ އަޙްމަދު
7 އޯގަސްޓު 2025 - 17:11
ހިތަދޫގައި ސްކޭޓް ޕާކެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ސްކޭޓް ޕާކެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

އައްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިތަދޫގައި ސްކޭޓް ޕާކެއް ތަރައްގީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، އެ މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް އަންނަ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން މި މަހުގެ 17 ވާ އާދީއްތަ ދުވަހުގެ 14:00 އާއި ހަމަޔަށް އައްޑޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ބީލަމުގައި ބައިވެރިވާން 300ރ. ގެ ފީއެއް ދައްކަންޖެހޭނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ

އިއުލާނުގައި ވަނީ، އެ މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރުގެ އަދަދެއް ޑޮލަރުން ވެސް ހުށަހެޅޭނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަސް ކަމުގައި ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި މަސައްކަތާއި ގުޅިގެން މައުލޫމާތު ސެޝަންއެއް ބޭއްވުމަށް ވަނީ އެ ކައިންސިލުން ނިންމާފައިވާ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ . އެގޮތުން މައުލޫމާތު ސެޝަން އޮންނާނީ މި މަހުގެ 18 ވާ ހޯމަ ދުވަހުގެ 10:00 ގައި އައްޑޫ ކައުންސިލް އިދާރާގައި ކަމަށް އިއުލާނުގައި ބަޔާން ކޮށްފައިވެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ މާދަމާ، ވޯޓު ފޮށިތައް ބަހައްޓާ ތަންތަން ހާމަކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންހިތަދޫ އުތުުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ ޚަބަރު | 3 ދުވަސް ކުރިންހިތަދޫ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދައިދޭނަން: މުޝްރިފްޚަބަރު | މަހެއް ކުރިންއައްޑޫ ހިތަދޫގައި ސަރުކާރުން އައިނު ފިހާރައެއް ހުޅުވަނީޚަބަރު | 3 މަސް ކުރިން