logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ހިތަދޫގައި ސަރުކާރުން އައިނު ފިހާރައެއް ހުޅުވަނީ

ޒިދާން މުޙައްމަދު
1 ފެބްރުއަރީ 2026 - 16:43
އައްޑޫ ސިޓީ ހިތަދޫ -- ފޮޓޯ/ އައްޑޫ ލައިވް
އައްޑޫ ސިޓީ ހިތަދޫ -- ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އައިނު ފިހާރައެއް ހުޅުވަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

އަލަށް ހުޅުވަން ތައްޔާރުވެފައިވާ ފިހާރައާއެކު، ލޮލުގެ ނަމްބަރު ނެގާ ފަރާތްތަކަށް އައިނު ލިބުމުގައި ދިމާވާ ދަތިތައް ހައްލުވާނެއެވެ.. އެހެންވެ، އަންނަ ހަފުތާ ބަންދުގައި ހޮސްޕިޓަލުގައި ހުޅުވަން ނިންމާފައިވާ އައިނު ފިހާރައާއެކު ބޮޑު ފަސޭހައެއް އެ ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ އައިނު ފިހާރަ އެންމެ ފުރަތަމަ ހުޅުވީ މައި ހޮސްޕިޓަލް - އައިޖީއެމްއެޗުގައެވެ. އެ އަށް ފަހު، ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަނީ އައިނު ފިހާރައެއް ހުޅުވައިފައެވެ.

އައްޑޫ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ އައިނު ފިހާރަވެސް ހިންގާނީ އައިޖީއެމްއެޗާ ގުޅިގެން ކަމަށެވެ.

ސަރުކާރުގެ ގިނަ ހޮސްޕިޓަލްތަކުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ނުދެއެވެ. އެ ސަބަބުތަކާ ހެދި އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ.

އެކަމަކު، ޕްރައިވެޓް ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން އަމިއްލަ ޖީބުން ވެސް ކޮންމެ ފަހަރަކު ވެސް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ސަރުކާރުން ވަނީ އައިނު ހެއްދުމަށް އާސަންދައިން ކަވަރުކުރާ ބައިވެސް 2،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ހިތަދޫ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓު އާންމުކޮށްފިޚަބަރު | 10 ދުވަސް ކުރިންހިތަދޫ އުތުރު ބައި-އިލެކްޝަން: އައްޑޫ އާއި މާލޭގައި 7 ފޮށި ބަހައްޓަނީޚަބަރު | މަހެއް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | މަހެއް ކުރިންހިތަދޫ އުތުރުދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީޚަބަރު | މަހެއް ކުރިން