logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަދޫ އުތުރު ބައި-އިލެކްޝަން: އައްޑޫ އާއި މާލޭގައި 7 ފޮށި ބަހައްޓަނީ

އިންތިޚާބެއްގައި ބެހެއްޓި ވޯޓު ފޮށި ކެނޑުމަށް އީސީގެ އޮފިސަލުން ތައްޔާރުވަނީ، ފޮޓޯ: އީސީ
އިންތިޚާބެއްގައި ބެހެއްޓި ވޯޓު ފޮށި ކެނޑުމަށް އީސީގެ އޮފިސަލުން ތައްޔާރުވަނީ، ފޮޓޯ: އީސީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް އައްޑޫ ސިޓީ އާއި މާލޭގައި ޖުމްލަ 7 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި 5 ވޯޓުފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި 2 ވޯޓުފޮށި ބަހައްޓާނެއެވެ. ފޮށިތަކަށް ވޯޓުލެވޭ ރައްޔިތުންގެ މަޢުލޫމާތު އެ ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިޚާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ޢަބްދުﷲ ޞާދިޤެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުން ދައްކާ ގޮތުގައި 4،114 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. ވޯޓުލުން ކުރިއަށްދާނީ އަންނަ މަހުގެ 6 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އެ ދާއިރާގެ ގޮނޑި ހުސްވީ 2024 ވަނަ އަހަރު އިންތިޚާބުކުރި މެންބަރު މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް ނުދައްކާ ކަމަށް ސާބިތުވެ، ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 18 ދުވަސް ކުރިންއައްޑޫ ހިތަދޫ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓު އާންމުކޮށްފިޚަބަރު | މަހެއް ކުރިންހިތަދޫ އުތުރު ބައި-އިލެކްޝަން: އައްޑޫ އާއި މާލޭގައި 7 ފޮށި ބަހައްޓަނީޚަބަރު | 2 މަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | 2 މަސް ކުރިން