ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި
8 އޯގަސްޓު 2025 - 05:53

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެމްއެމްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14ވަނަ ދުވަހުގެ މެންދުރު 13:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
ނޫސްވެރިކަމުގެ ދާއިރާއިން އިނާމު ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމަށާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުން ހިމެނޭ ކަމަށެވެ.
އެގޮތުން މިއަހަރު ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ އަދި ވީޑިއޯ ޖަރނަލިޒަމް ކެޓަގަރީން 14 ދާއިރާއަކުން ކަމަށް އެމްއެމްސީން ބުނެއެވެ
ނޫސްވެރިކަމުގެ އެކި ދާއިރާތަކުން ހޮވޭ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް މީޑިއާ ކައުންސިލުން އިނާމުދެއެވެ. އެގޮތުން ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރު އިނާމު ދޭނީ މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށެވެ.
އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.