logo
Bank of Maldives

Bank of Maldives

ޚަބަރު

3 ގޮނޑިއެއް ހުސްވުމުން މީޑިޔާ ކައުންސިލުން ބައި-އިލެކްޝަނެއް ބާއްވަނީ

އަޙްމަދު ޒަލީފް
22 އޭޕްރީލު 2025 - 11:17
3 ގޮނޑިއެއް ހުސްވުމުން މީޑިޔާ ކައުންސިލުން ބައި-އިލެކްޝަނެއް ބާއްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލުގެ 3 މަޤާމެއް މިވަގުތު ވަނީ ހުސްވެފައެވެ. އެއީ އާންމު މެންބަރަކާއި، މީޑީއާތައް ތަމްސީލުކުރާ 2 މެންބަރުންގެ މަޤާމެވެ. މި 3 މަޤާމަށް މެންބަރުން ހޮވުމަށް ބާއްވާ ބައިއިލެކްޝަންގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މިހާރުވަނީ ހުޅުވާލާފައެވެ.

އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް އެދޭ ފޯމް ބަލައިގަންނާނީ، މި މަހުގެ 21-27 އަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 13:30 އަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ ގެ ރިސެޕްޝަނުންނެވެ.

އަދި އެ ވުޒާރާގެ އީމެއިލް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅޭނެކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓްގައި ކަމަށާއި އިތުރު މައުލޫމާތު ބޭނުންވާނަމަ އެ ވުޒާރާގެ ނަންބަރު 4000419 އާ ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރިޔާއަށް ނުވަތަ މަސްއޫލުވެރިޔާ ތަމްސީލު ކުރާ މީހަކަށެވެ. ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 1 މީޑީއާ އަށްވުރެ ގިނަ މީޑީއާ ތަމްސީލް ނުކުރެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް އެދޭ ފޯމް ބަލައިގަންނާނީ، މި މަހުގެ 21-27 އަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 13:30 އަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ ގެ ރިސެޕްޝަނުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގެންފިޚަބަރު | 21 ދުވަސް ކުރިންނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިޚަބަރު | މަހެއް ކުރިންމީޑިޔާ ކައުންސިލްގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި ޚަބަރު | 2 މަސް ކުރިން3 ގޮނޑިއެއް ހުސްވުމުން މީޑިޔާ ކައުންސިލުން ބައި-އިލެކްޝަނެއް ބާއްވަނީޚަބަރު | 5 މަސް ކުރިން