logo
MPL

MPL

ޚަބަރު

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ، ރައީސް ފޮނުއްވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
9 އޯގަސްޓު 2025 - 06:27
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ ބޮޑު ވަޒީރާ އެކު -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ ބޮޑު ވަޒީރާ އެކު -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމް އަށާއި ބޮޑުވަޒީރު ލޯރެންސް ވޯންގް އަށް ފޮނުއްވައިފިއެވެ.

ސިންގަޕޫރުގެ ޤައުމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ ޤައުމަށް އެންމެ ހޫނު މަރުޙަބާއާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. ސިންގަޕޫރު ފުރިހަމަ ގޮތުގައި ކުރިއަރައިގެން ދިއުމަށާއި، ސުލްޙަ މަސަލަސްކަމާއި ފާގަތިކަން އަބަދުވެސް އެ ޤައުމުގެ ޚާއްސަ ސިފައެއްގެ ގޮތުގައި ދެމި އޮތުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުން، އިތުބާރާއި، ދެފަރާތުން ދެކެމުންދާ ގޮތްތަކާއި، އަދި ދެފަރާތަށްވެސް ފައިދާކުރާ ގޮތުގައި، ފަހަކަށް އައިސް އިތުރަށް ބޮޑުވެފައިވާކަމަށް ރައީސް ހިތްހަމަޖެހުން ފާޅުކުރެއްވިއެވެ. އަދި، ދެ ޤައުމު ގުޅިގެން އެއްބާރުލުން ދިނުމަށް އާ ދޮރުތައް ހުޅުވުމަށް ރާއްޖެ އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ ނުވަ ވަނަ ދުވަސް ފާހަގަކުރަނީ ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ގޮތުގައެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން