logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެ ލާބަހުރި ގޮތަށް ވެރިކަމެއް ކުރަށްވަނީ ރައީސް މުޢިއްޒުކަން ގިނަ ރައްޔިތުން ގަބޫލުކުރާނެ: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޯގަސްޓު 2025 - 06:55
''އެންމެ ލާބަހުރި ގޮތަށް ވެރިކަމެއް ކުރަށްވަމުން ގެންދަވަނީ ރައީސް މުޢިއްޒުކަން ގިނަ ރައްޔިތުން ގަބޫލުކުރާނެ''

ދިވެހިރައްޔިތުންނަށް އެންމެ ލާބަޔާއި މަންފާ ހުރިގޮތަށް ވެރިކަމެއް ކުރަމުން މިދަނީ މިހާރުގެ ރައީސް ޑރ. މުޢިއްޒުކަން ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާނެކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ އެއް ޑެޕިއުޓީ ލީޑަރގެ ގޮތުގައި ވެސް ހުންނެވި މުހައްމަދު މިހެން ވިދާޅުވީ ހުކުރުދުވަހުގެ ރޭ މެންދުރު ޓީވީން ގެނެސްދިން ''ޖަވާބުދާރީ'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭސީސީގެ ރައީސް އާދަމް ޝާމިލް މަގާމުގައި ބަހައްޓަނީ މި ސަރުކާރުން ކޮރަޕްޝަން ހިންގަންކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ދައްކަވާފައިވާ ވާހަކަފުޅާއި ގުޅިގެން ޕްރެޒެންޓަރ އައިމިނަތު ސަފާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ވާހަކައެއް ދައްކާނަމަ ދައްކަންވާނީ އަސްލެއް އަސާސެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. އެހެންނޫނަމަ ދައްކާނީ ސިޔާސީ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، މާތްﷲ އިންސާނާ އަށް ދޫދެއްވާފައި އޮތަތީ އެ ދޫ ބަންދުނުވަންޏާ ކޮންމެވާހަކައެއް ވެސް ދެއްކަމުން ދޮގު ހަދަމުން ދާތަން ފެންނަކަމަށެވެ.

މިގޮތުން 18 މަސް ދުވަސްވީއިރު، ސަރުކާރާބެހޭ ގޮތުން ޙާއްޞަކޮށް އިދިކޮޅު ފަރާތްތަކުން މުޅިން ބުހުތާނުވާހަކަތައް ފަތުރައި ވިއްކަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

''މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީއެއް އައިފަހުން ރާއްޖޭގައި 4 ވަނަ ވެރިކަން ރައީސް ޑރ. މުޢިއްޒު ކުރައްވަމުން މިގެންދަވަނީ އިނގޭތޯ، 15 އަހަރު ފާއިތުވީ، ޑރ. ވަހީދު އައިސްފި، އަންނި (ރައީސް ނަޝީދު) އައިސްފި، އިބްރާހީމް މުހައްމަދު ސާލިހް އައިސްފި، ރައީސް ޔާމީން ވެރިކަން ކުރަށްވައިފި، މީގެ ތެރޭގައި ދިވެހިރައްޔިތުންނަށް އެންމެ ލާބަޔާއި މަންފާ ހުރިގޮތަށް ވެރިކަމެއް ކުރަމުން މިދަނީ ޑޮކްޓަރ މުޢިއްޒުކަން ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާނެ'' މުހައްމަދު އިސްމާއީލް ވިދާޅުވެފަވެއެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، ރާއްޖޭގައި ގެއްލެމުންދިޔަ މިނިވަންކަން އަނބުރާ ހޯދައި، ނަގަހައްޓައި ދަމަހައްޓަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރަށްވަމުންގެންދަވާ މަސައްކަތްޕުޅު މިއަދު ރައްޔިތުންނަށް ފެންނާނެކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިޓަޔަރޑް ބޭފުޅުން މަޤާމުތަކަށް އައްޔަނުކުރާ ހިސާބުން ރިޓަޔަމެންޓް އެލަވަންސް މެދުކަނޑަނީޚަބަރު | 2 ގަޑިއިރު ކުރިންއަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ!ޚަބަރު | 3 ގަޑިއިރު ކުރިންވަރަށް ގިނަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން3 ހަފްތާ ނުވަނީސް ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް ހުއްޓުވައިފި ޚަބަރު | 3 ގަޑިއިރު ކުރިން