logo
Bank of Maldives

Bank of Maldives

ޚަބަރު

"ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރީތި ސިފަތައް ރައްޔިތުންގެ ކިބައިގައި ހުރުން މުހިންމު "

އައިޝަތު ނަޝާ
26 ޖުލައި 2026 - 07:27
"ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރީތި ސިފަތައް ރައްޔިތުންގެ ކިބައިގައި ހުރުން މުހިންމު "

 ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރީތި ސިފަތައް ރައްޔިތުންގެ ކިބައިގައި އަށަގަނެވިފައި ހުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61ވަނަ މިނިވަންދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މި ޖަލްސާގައި ދައުލަތަށް ދިގު މުއްތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދޭން ނިންމަވާފައިވާ ސަބަބު ތަފްސީލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ކޮންމެ ބޭފުޅަކީވެސް މަތިވެރި ސިފަފުޅުތަކެއް ހުރި ބޭފުޅުންތަކެއް ކަމަށެވެ. އެގޮތުން، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި މުރާލިކަމާއި އިޚްލާސްތެރިކަމުގެ އިތުރުން ކެތްތެރިކަމާއި ކަމަށް ކަމޭހިތުމުގެ މަތިވެރި ސިފަތައް އެެ ބޭފުޅުންގެ ފަރާތުން ފެނިފައިވާ ކަމަށާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެ ސިފަތައް ރައްޔިތުންގެ ކިބައިގައި އަށަގަނެވިފައި ހުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމުގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކު އެކަންވީ އެ ރިވެތި ސިފަތައް އަށަގެންފައި ނެތް ދިވެހީންތަކެއްގެ ސަބަބުން ކަމަށެވެ. އަދި މިނިވަންކަން އަނބުރާ ހޯދައިދެއްވި ކޮންމެ އަބުޠާލަކު ކުރެއްވި މަތިވެރި ޖިހާދުތަކުން ފެނިގެން ގޮސްފައިވަނީ މި ރިވެތި އާދަތައްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަންކަމުގެ ހަގީގީ އިހުސާސް ކުރެވޭނީ އެކި ގޮތްގޮތުން ޤައުމަށް މިނިވަންކަން ލިބިގެން ކަމަށެވެ. އެގޮތުން ސިޔާސީ ގޮތުން ލިބޭ މިނިވަން ކަމުގެ އިތުރުން ޚާރިޖީ ގޮތުންނާއި ދާޚިލީ ގޮތުން ލިބޭ މިނިވަންކަމާއި ޝަރުޢީ ދާއިރާ މިނިވަންވެފައި އޮތް މިންވަރާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމަށް ލިބިފައިވާ މިނިވަންކަމަކީ ޤައުމުގެ މިނިވަންކަމާ ގުޅިފައިވާކަންތައްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޤައުމުގެ މިނިވަންކަން ދެމެހެއްޓެވުމަށް ޚާރިޖީ ސިޔާސަތުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރީތި ސިފަތައް ރައްޔިތުންގެ ކިބައިގައި ހުރުން މުހިންމު "ޚަބަރު | 6 ގަޑިއިރު ކުރިންދައުލަތުގެ މަތީ ދަރަޖަ ، އިބްރާހީމް ރަޝީދު މޫސާ، ޑރ. ލަޠީފް، އަފީފް އަދި އުއްޗުއަށް އަރުވައިފިޚަބަރު | 8 ގަޑިއިރު ކުރިންމިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިޚަބަރު | 11 ގަޑިއިރު ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ، "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން"ޚަބަރު | 11 ގަޑިއިރު ކުރިން