logo
ޚަބަރު

އިންޑިއާ އައުޓް ހަރަކާތަށް ހަރަދެއް ނުކުރަން: މެމްބަރު މުހައްމަދު އިސްމާއީލް

އާމިނަތު ޝަފާ
10 އޯގަސްޓު 2025 - 04:47
އިންޑިއާ އައުޓް ހަރަކާތަށް ހަރަދެއް ނުކުރަން: މެމްބަރު މުހައްމަދު އިސްމާއީލް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އޭރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގި އިންޑިއާ އައުޓް ހަރަކާތަށް ފައިސާ ހަރަދުކޮށްފައިނުވާނެކަމަށް  ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގި އިންޑިއާ އައުޓް ހަރަކާތަށް ހަރަދުކުރާ މައިގަނޑު އެކަކީ މެންބަރު މުހައްމަދު އިސްމާއިލް ކަމަށް އޭރު ފުލުހުން ކުރިމިނަލް ކޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުންގެ މި ތުހުމަތުތަކަށް މެމްބަރާ ދެކޮޅަށް އެއްވެސް ހެއްކެތް ދައްކާފައެއްނުވެއެވެ. ކްރިިނަލް ކޯޓުން ވަނީ މެމްބަރުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކާ ގުޅިގެން ހެކި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ މައިގަނޑު ތިން ކަމެއް ކަމަށާއި އެއީ އިންޓެލިޖެންސް ރިޕޯޓަކާއި ފޮޓޯ ރިޕޯޓާއި ކުށުގެ ރެކޯޑެއްކަން އޭރު ހާމަކޮށްފައެވެ.

Hajj Corpooration

އެއިން އެއްވެސް ހެއްކަކުން، މުހައްމަދު އިސްމާއިލް ޖިނާއީ ކުށެއް ކުރާ މަންޒަރު ނުވަތަ އެފަދަ ކަމެއް ދައްކުވައިދޭ ކަމެއް ފާހަގަކުރެވޭ ފަދަ ކަމެއް ފެންނަން ނެތް ކަމަށް ކުރިމިނަލް ކޯޓުން އޭރު މެމްބަރު މުހައްމަދު ދޫކޮށްލަން ނިންމައި ކުރި އަމުރުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން މެންދުރުޓީވީގެ "ޖަވާބުދާރީ" ޕްރޮގްރާމުގައި އަމާޒުކުރި ސުވާލަށް ދެއްވި ޖަވާބުގައި މެމްބަރު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ދިވެހި ގައުމާއި ފަސްގަނޑުގެ ދިފާއުގައި އަދި ޕީޕީއެމް/ ޕީއެންސީއަށް ލޯބިކުރާ ގިނަ ރައްޔިތުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށެވެ.

"އަޅުގަނޑަކީ އެއްއިރެއްގައިވެސް ތިޔަފަދަ ބޮޑެތި ކަންކަން ކުރެވޭވަރުގެ ފައިނޭންޝިއަލީ ގާބިލުކަން ހުރި މީހެއް ނުން އެެއްއިރެއްގައިވެސް. ވަރަށް ހާލުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް އެއީ. ދެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވާނެ ފައިނޭންޝިއަލީ އެންމެ ބޮޑު ސަޕޯޓެއް ދިން އެކަކަށް . ހަރަކާތް ކުރިއަށްދިޔައީ ޕާޓީއަށް ލޯބިކުރާ ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އެހީއާއެކު".

އިންޑިއާ އައުޓު ހަރަކާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އޭރުގެ ޕީޕީއެމްގެ ސެނެޓަށް ހުށަހެޅުއްވި ހުށަހެޅުއްވުމެއްކަމަށާއި އެކަންކުރަން ފާސްވުމުން ލީޑަރޝިޕުން އެދުނުގޮތަށް އެކަން ތަންފީޒުކުރަން އެންމެ އިސްކޮށް ހުންނެވީ އެމަނިކުފާނުކަމަށް މެމްބަރު މުހައްމަދު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ޕީޕީއެމުން ފެށި އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އެމްޑީޕީ ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައި އޭރުގެ ރައީސް ސާލިހް ނެރުއްވި ގަރާރުގައި ވެސް ވަނީ އިންޑިއާ އާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަންގައިފަ އެވެ.

ނަމަވެސް އައު ސަރުކާރު ވެރިކަމާ ހަވާލުވެ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވަނީ އަނބުރާ އެ ގައުމަށް ފޮނުވާލާފައެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުން އެއްވެސް ރައްޔިތަކު ތަފާތެއް ނުކުރާނެ: މުހައްމަދު އިސްމާއީލްޚަބަރު | 14 ގަޑިއިރު ކުރިންއިންޑިއާ އައުޓް ހަރަކާތަށް ހަރަދެއް ނުކުރަން: މެމްބަރު މުހައްމަދު އިސްމާއީލްޚަބަރު | 3 ދުވަސް ކުރިން''އެންމެ ލާބަހުރި ގޮތަށް ވެރިކަމެއް ކުރަށްވަމުން ގެންދަވަނީ ރައީސް މުޢިއްޒުކަން ގިނަ ރައްޔިތުން ގަބޫލުކުރާނެ''ޚަބަރު | 4 ދުވަސް ކުރިންކާބޯތަކެތީގެ އަގާއި ގުޅުވައި އެމްޑީޕީން ފަތުރަމުންދަނީ ދޮގު ސިޔާސީ ވާހަކަތަކެއް: މުހައްމަދު އިސްމާއީލްޚަބަރު | 10 ދުވަސް ކުރިން