2028 ވެސް ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނެ: އެމްޕީ މުހައްމަދު އިސްމާއިލް
8 އޭޕްރީލު 2026 - 15:39

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ ހަބަރުގަޑީގައި ވާހަކަ ދައްކަމުން މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ރައީސުލްޖުމްރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާއިތުވި 2 އަހަރުދުވަހު ޤައުމު ހިންގަމުން ދާ ގޮތާމެދު ރައްޔިތުން ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށާއި، ރައްޔިތުން އެމަނިކުފާނު ކޮށްދެއްވާފައިވާ ކަންކަން ބަލައިގަނެައިވާކަމަށެވެ.

Ad by Hajj Corporation
މި ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްކަން ސާފުވެގެން ދިޔައީ އޭޕްރިލް 4 ގައި ބޭއްވި އިންތިހާބުން ކަމަށާއި،އެ އިންތިހާބުން ޕީއެންސީއަށް "ގާތްގަނޑަކަށް 275،630" ވޯޓު ލިބިފަައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކާ، ސަރުކާރުން އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން ރަންގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ކާމިޔާބު ކޮށްދިނުމަށްޓަކާ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ޕާޓިގެ ލީޑަރޝިޕް އާއި ކެބިނެޓް އަތުރާލާ، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ކުރިއަށް މިދަނީ ރައީސް ޑރ މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޕީ ވިދާޅުވިއެވެ.
އަދި މިމަހުގެ ތެރޭގައި ސަރުކާރުގައި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ އެކަންކަން ރަނގަޅު ކުރުމަށް ޕްލޭން އެއް ހެދިގެން ދާނެ ކަމަށާއި، ޕާޓީގެ ވިސްނުމަކީ ސާބިތުކަމާ އެކު މި މަސައްކަތަށް ނިކުމެ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައްޔިތުންގެ ބައިވެރިވުމާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް ކާމިޔާބު ކޮށްދެއްވުން ކަމަށް ވެސް މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

.jpg&w=3840&q=75)
