logo
MPL

MPL

ޚަބަރު

ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމުން ރައްޔިތުންގެ ބާރުވެރިކަމާ ތަރައްގީ އަވަސްވާނެ: މުޙައްމަދު އިސްމާއިލް

މުޙައްމަދު އަފްރާޙް
24 ޖެނުއަރީ 2026 - 07:04
ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމުން ރައްޔިތުންގެ ބާރުވެރިކަމާ ތަރައްގީ އަވަސްވާނެ: މުޙައްމަދު އިސްމާއިލް

ސަރުކާރާ އިދިކީލި މީހުން ކައުންސިލްތަކަށް ހޮވުމުން ވެގެންދާނެގޮތް ރައްޔިތުންނަށް މިހާރު އޮޅިފައި ނުވާނެކަމުގައި މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގެ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި މުޙައްމަދު އިސްމާއިލް ވިދާޅުވީ ވެރިކަންކުރާ ޕާޓީއާ ދެކޮޅު ކައުންސިލްތަކުން، އޭރު އޮންނަ ސަރުކާރަކަށް ޖެއްސުން ކުރަމުން އަންނަކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުން ހޮވަންޖެހޭ އެތަކެއް ސަބަބުތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މުޙައްމަދު އިސްމާއިލް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން ބޭނުންވާ މަގަށް ރައްޔިތުންގެ ގާތުން ހިދުމަތް ދިނުމާއި ތަރައްގީގެ އެންމެހާ މަޝްރޫއުތައް ހިންގުމަށް އުފެދިގެންދާ ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ލިބިގެންދާނީ ޕީއެންސީ ކެންޑިޑޭޓުން ހޮވުމުންނެވެ.

މީގެއިތުރުން ޑިމޮކްރަސީގެ ހަޔާތުގައި ވެރިކަންކުރާ ޕާޓީއާ ދެކޮޅު ކައުންސިލްތަކުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށްވުރެ އިސްކަންދީފަހުރީ ސަރުކާރަކަށް ކަނޑައެޅިގެން ސިއްރާ ފާޅުގައި ޖެއްސުންކުރުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި އެކައުންސިލްގެ މެޖޯރިޓީ އޮންނަ ޕާޓީން އަންގާ ގޮތަށް ކަންކަން ނިންމުން ކަމަށާއި އެގޮތަށް ކަންކަން ކުރާނެކަމުގެ ބިރުވެރިކަން އުފެދިފައިވާކަމަށް އެމްޕީ މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އެހެންކަމުން މުހައްމަދު އިސްމާއިލް ވަނީ ޕީއެންސީގެ ކެންޑިޑޭޓުން ހޮވާދިނުމަކީ ރައްޔިތުންގެ ބާރުވެރިކަމާ ތަރައްގީ އަވަސްވެ، ހަލުއިވެގެންދާނެ އެންމެ މޮޅުގޮތްކަމަށް ދެކުމަށާއި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް  ހުރިހާ ރައްޔިތުންގެ ކިބައިން އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކަކީ ވަކި ސަރުކާރެއް ނޫން، އެއީ ސިޔާސަތުތައް ތަންފީޒުކުރަން ޖެހޭ ބައެއް: އެމްޕީ ހަމީދުޚަބަރު | 3 ދުވަސް ކުރިންއެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 5 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 9 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 10 ދުވަސް ކުރިން