logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކޮށް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މުހަައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ސެޕްޓެމްބަރު 2025 - 09:54
މީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކޮށް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މުހަައްމަދު އިސްމާއީލް

މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ފާސްކޮށް، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދެއްވާނެކަމަށް  ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ އެއް ޑެޕިއުޓީ ލީޑަރުގެ ގޮތުގައި ހުންނެވި މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ، އެ ބިލު ފާސްކުރުމަށް ގޮވާލާ މިއަދު ބަޔަކު މާލޭގެ މަގުތަކަށް ނުކުތުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓްގައި އޭނާ ވިދާޅުވީ، އެ ބިލު ފާސްކުރަށްވާނެކަމަށާއި، ދިވެހިރައްޔިތުންގެ ހައްގުގް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމައް ފަހަތަކައް ނުޖެހޭނެ ކަމަށެވެ.

''ފާސްކުރާނަން، ފާސްކުރާނަން، ދިވެހިގައުމާއި ދިވެހިރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމައް ފަހަތަކައް ނުޖެހޭނަން، މީޑިޔާ ރެގިއުލޭޓު ކުރަންޖެހޭ، ނޫސްވެރިންގެ ކަނބޮޑުވުންތަކައް ހައްލު ލިބޭނެ'' މުހައްމަދު ވިދާޅުވެފަވެއެވެ.

 

 

މި ބިލު މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނީ ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅިއްވި ގިނަ އިސްލާހްތަކަކާއެކުގައެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނެތް : މުހައްމަދު އިސްމާއީލްޚަބަރު | 3 ގަޑިއިރު ކުރިން2028 ވެސް ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނެ: އެމްޕީ މުހައްމަދު އިސްމާއިލްޚަބަރު | މަހެއް ކުރިންއެމްޑީޕީގެ ނިމިދިޔަ ވެރިކަމަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ދަރަންޏަށް ފައިސާ ނެގި ވެރިކަން: މުހައްމަދު އިސްމާއިލްޚަބަރު | 2 މަސް ކުރިންތަރައްގީލިބި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން ހޮވުން: މުހައްމަދު އިސްމާއީލްޚަބަރު | 3 މަސް ކުރިން