logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ކައުންސިލްތަކަށް ބާރުވެރިކަން ލިބޭނީ، ރައްޔިތުންނަށް ބާރުވެރިކަން ލިބިގެން: މެމްބަރު މަމްދޫޙް

އައިމިނަތު މޫސާ
11 އޯގަސްޓު 2025 - 04:13
 ރައްޔިތުން މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް
ރައްޔިތުން މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް

ކައުންސިލްތަކަށް ބާރުވެރިކަން ލިބޭނީ، ރައްޔިތުންނަށް ބާރުވެރިކަމެއް ލިބިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.

މެންދުރުޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަމްދޫޙް ވިދާޅުވީ ލާމަރުކަޒީ ނިޒާމް އިސްލާހު ކުރުމުން، ރައްޔިތުންގެ ފައިސާ ނުވަތަ ރައްޔިތުންނަށްޓަކައި ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ ފައިސާއަށް ވާގޮތް ރައްޔިތުންނަށް އެންގޭނެފަދަ ގޮތަކަށް ތަފްސީލީ ގޮތެއްގައި އޮންނަކަމަށްވާނަމަ ކައުންސިލުތަކުން އެކަން ހާމަކުރަން އޮންނަ ނަމަ، އެކަން ކައުންސިލުތަކުން ކުރަން މަޖްބޫރުވާނެ ކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަމްދޫޙް ވިދާޅުވީ މި އިސްލާހާއެކުގައި ކައުންސިލުން ރައްޔިތުންނަށްޓަކައި ކޮށްދޭކަންތައްތައް ނުވަތަ ރައްޔިތުންނަށް ކޮށްދޭން ބަޖެޓް ކުރާ ކަންތައްތައް ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވިގެން ދޭ ތޯ ނުދޭ ތޯ ރައްޔިތުންނަށް ކަށަވަރު ކުރެވިގެންދާނެކަމަށެވެ. އަދި ގާނޫނޫ އަސާސީން، ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުން ކައުންސިލުތަކަށް ލިބޭ ފައިސާ ހަރަދުކުރެވިގެންދަނީ ރައްޔިތުންނަށްޓަކައިކަން ކަށަވަރު ކުރެވިގެންދާނެކަމަށް މަމްދޫޙް ވިދާޅުވިއެވެ.

" ރައްޔިތުންގެ ފައިސާ ނުވަތަ ރައްޔިތުންނަށްޓަކއި ސަރުކާރުން ކައުންސިލުކަތަށް މި ދޭ ހަމަ މިލިއަނުން މިދޭ ފައިސާ ހަރަދުކުރެވޭ ގޮތް ރައްޔިތުންނަށް ތަފްސީލީ ގޮތެއްގައި ބަލާލެވެން އޮންނަކަމަށް ވަންޔާ ކައުންސިލުތަކުން ހާމަކުރަން ޖެހޭގޮތައް އޮންނަ ކަމަށްވަންޏާ އެކަން ކުރާނެ".

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައަކީ ކައުންސިލްތަކުގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރެސްއެޅުން ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ގާނޫނަށް ގެނެވޭ އެއްވެސް އިސްލާހެއްގައި އެރަށެއްގެ ކައުންސިލުން، ނުވަތަ އެ ސިޓީ ކައުންސިލަކުން އެރަށަކަށް ކުރެވެން އޮންނަ ތަރައްގީގެ އެއްވެސް މަޝްރޫއުއަކަށް ހުރަސްނޭޅޭނެކަން މިހާރު ގެނެވޭ އިސްލާހުތަކުގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

މެމްބަރު މަމްދޫޙް ވިދާޅުވީ އިދިކޮޅު ޕާޓީ އެމްޑީޕީ ރައްޔިތުންނަށް ލާމަރުކަޒީ ގާނޫނުން ގެނަ އިސްލާހުތައް ވަނީ ވަރަށް ބޮޑަށް އޮޅުވާލައިފަކަމަށެވެ. އެހެންނަމަވެސް ގާނޫނަށް ގެނެވުނު ކޮންމެ އިސްލާހަކުން އިތުރަށް ކައުންސިލުތަކަށް ބާރުވެރިކަމެއް ލިބިދޭ އިރު، ކައުންސިލުތަކުން ކުރިއަށް ރާވާފައި ހުރި ކަންތައްތައް އަމަލީ ސިފައެއްގައި އެރަށަކަށް ގެނައުމަކީ މި ގާނޫނުުން ބާރުއަޅާ ކަންކަން ކަމަށް މަމްދޫޙް ފާހަގަ ކުރެއްވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުން ބާރުވެރިވާ ޖެހޭނީ ރައްިޔިތުން ކަމަށާއި، މި އިސްލާހާއެކު އިތުރަށް ރައްޔިތުން ބާރުވެރިވެ، ކައުންސިލުތަކުގެ ހިންގު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ފައިސާ ރަހަދުކުރެވިގެންދަނީ ސީދާ ރައްޔިތުންނަށްޓަކައިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ރަށްރަށުގައި އަމިއްލަ ވިޔަފާރިތަކާއި، އިގްތިސާދީ މަސައްކަތްތައް ކުރާ އެކި އެކި ފަރާތްތަކަށް މި އިސްލާހާ އެކު ޔަގީންވެގެންދަނީ ވިޔަފާރިތަކުގެ މައްޗަށް ކައުންސިލުތަކުން އަރައިނުގަންނާނެކަމެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީ ސަރުކާރުން ކެންދޫ މިސްކިތް ބިނާކުރު ހަވާލުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކާ: ވަޒީރު ޝަހީމްޚަބަރު | 12 ދުވަސް ކުރިންގައުމީ ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައެއް ނުވާނެ: ވަޒީރު އާދަމް ނަޞީރުޚަބަރު | 14 ދުވަސް ކުރިންސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިޚަބަރު | 17 ދުވަސް ކުރިންޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ޢައްޔަނުކުރައްވައިފިޚަބަރު | 21 ދުވަސް ކުރިން