logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ކޮރަޕްޝަން ހުއްޓުވާ ކޮންމެ ކަމަކާ ދެކޮޅުވާނެ، އެއީ ވައްކަން ނޫން ކަމެއް ނުކުރެވުނު ބައެއް: މަމްދޫހް

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ޖޫން 2026 - 02:29
މަމްދޫހް، ފޮޓޯ: މަޖިލިސް
މަމްދޫހް، ފޮޓޯ: މަޖިލިސް

އެމްޑީޕީއަށް 2018 ވަނަ އަހަރު ވެރިކަން ލިބި، އެ ފަސް އަހަރުގެ ތެރޭގައި ވައްކަން ކުރުން ނޫން އިތުރު ކަމެއް ކުރެވިފައި ނުވާ ކަމަށާއި، އެހެންކަމުން ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކާ އެ ޕާޓީން ދެކޮޅުވާނެ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން މަމްދޫހް ވިދާޅުވީ، މި ބިލަށް އެމްޑީޕީން ދެކޮޅުހަދާނެކަން ކުރިންވެސް އެނގޭ ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ސަރުކާރާއި މަޖިލީހުން ކުރާ ކޮންމެ މަސައްކަތަކާ އެމްޑީޕީން ދެކޮޅުވުމަކީ އޮޅިފައި އޮތް ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަމްދޫހް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ މެންބަރުން މި ބިލުގެ މާނަ އޮޅޭ ގޮތަށް ވާހަކަދައްކަވަނީ، މި ބިލުގެ ސަބަބުން ކޮރަޕްޝަނާއި ވައްކަމަށް ކުރިން ހުޅުވިފައި ހުރި ދޮރުތައް ބަންދުވެގެންދާނެތީއެވެ. "މި ބިލާ އެކީގައި ދިވެހިރާއްޖޭގައި ކޮންމެ ޒަމާނަކު، ކޮންމެ އިރަކު، ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ކޮރަޕްޝަނަށް ކުރިން ހުޅުވިފައި ހުރި ދޮރުތައް ބަންދުވެގެންދާނެ" މަމްދޫހް ވިދާޅުވިއެވެ.

މި ބިލުގެ ސަބަބުން ދައުލަތުގެ ޚަރަދުތަކަށް އަންނާނެ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން މަމްދޫހް ވިދާޅުވީ، 2027 ނުވަތަ 2028 އާ ހަމައަށް ދާއިރު، ކަރުދާހާއި ސްޓޯރޭޖް ފަދަ ކަންކަމަށް ސަރުކާރުގެ އިދާރާތަކުން ކުރާ 500 މިލިއަނެއްހާ ރުފިޔާގެ ޚަރަދުގެ ތެރެއިން 70 އިންސައްތަ ސަލާމަތްކުރެވޭނެ ކަމަށެވެ. މިއީ ދިވެހި ރައްޔިތުންގެ ފައިސާއިން ސަލާމަތްކުރެވޭނެ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް އޮޅުވާލުމަށް އެމްޑީޕީން މަސައްކަތްކުރާ ކަމަށް މަމްދޫހް ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގެ މަސައްކަތްކުރާ ގޮތްތައް ބަދަލުކުރަން ޖެހޭ ކަމަށާއި، މި ބިލަކީ އެ ބަދަލު ގެނައުމަށް ކޮންމެހެން މުހިންމު ބިލެއް ކަމަށެވެ.

މަމްދޫހް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ބައެއް މެންބަރުން މި ބިލާ ނުގުޅޭ ވާހަކަތައް ދައްކަވައިގެން ރައްޔިތުންނަށް ކަންތައްތައް އޮޅުވާލަން މަސައްކަތް ކުރެއްވުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، އެއީ އެ ޕާޓީން އަބަދުވެސް އަމަލުކުރަމުންދާ ގޮތް ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔެ ސްމާޓް ފޯނަކަށް ބަދަލުވަމުންދާއިރު ދިވެހިން ކަރުދާހުގައި ތަތްވެފައި ތިބެގެން ނުވާނެ: ޝުޖާޢުޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީ މެމްބަރުން ބިލަށް ވާހަކަ ދައްކަވަނީ ބިލިގައި އޮތް އެއްޗެއް ވިދާޅުނުވެ: ނިޒާރުޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީން ކޮރަޕްޝަން ހުއްޓުވާ ކޮންމެ ކަމަކާ ދެކޮޅުވާނެ، އެއީ ވައްކަން ނޫން ކަމެއް ނުކުރެވުނު ބައެއް: މަމްދޫހްޚަބަރު | ގަޑިއިރެއް ކުރިންކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލުން ބަންދުވެގެންދާނެ: އަނާރާޚަބަރު | 8 ގަޑިއިރު ކުރިން