logo
Bank of Maldives

Bank of Maldives

ޚަބަރު

ސިޔާސީ ފިކުރާ ގުޅުވައި ވަޒީފާއިން މީހުން ކަނޑާ މަގު މަތިކުރުމަކީ ނަޝީދު ތައާރަފްކުރި އެމްޑީޕީގެ ހުތުރު ސިޔާސަތެއް: މަމްދޫހް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖޫން 2026 - 17:21
ސިޔާސީ ފިކުރާ ގުޅުވައި ވަޒީފާއިން މީހުން ކަނޑާ މަގު މަތިކުރުމަކީ ނަޝީދު ތައާރަފްކުރި އެމްޑީޕީގެ ހުތުރުސިޔާސަތެއް: މަމްދޫހް

ސިޔާސީ ފިކުރާ ގުޅުވައިގެން ވަޒީފާތަކުން މުވައްޒަފުން ވަކިކޮށް މަގުމަތިކުރުމަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން ތައާރަފްކުރި ހުތުރު ސިޔާސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.

މަމްދޫހް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަޒީފާއިން މީހުން ކަނޑާލުމުގެ ނިޒާމަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ދައުރު ދެބައިނުވަނީސް އިސްތިއުފާދެއްވި ރައީސް ނަޝީދުގެ ޒައާމަތުގައި ފެށި ކަމެއް ކަމަށެވެ. އަދި އެ ދުވަސްވަރު ސިވިލް ސަރވިސް މުވައްޒަފުން މަގުމަތިކުރީ ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާ މުޅިން ހިލާފަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީގެ ދެވަނަ ވެރިކަމަށް އިޝާރާތް ކުރައްވަމުން މަމްދޫހް ވިދާޅުވީ، އެ ދައުރުގައި ސިވިލް ސަރވިސް މުވައްޒަފުންނަށް ބިރުދެއްކުމުގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުން ރިކޯޑު އަދަދަކަށް މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. 

"މިއީ މާޒީން ފެންނާން އޮތް ބަދަލު ނުކުރެވޭނޭ ހަގީގަތް،" މަމްދޫހް ވިދާޅުވިއެވެ.

މީގެއިތުރުން، 2009 އިން 2011 އަށް ހިނގި ކަންތައްތަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، އެ ދުވަސްވަރު ބައެއް ހިދުމަތްތައް ތާޑް ޕާޓީތަކަށް ބަދަލުކުރީ އެމްޑީޕީގެ ވެރިންނަށް މަންފާވާނޭ ގޮތަށް ކަމަށެވެ. އަދި ވަކިވަކި މުވައްސަސާތަކުން ވަކި ބަޔަކު ވަޒީފާއިން ވަކިކުރުމުގެ ބޭނުމުގައި، އެ މީހުން ތިބި ޑިޕާޓްމަންޓްތަކާއި ހިދުމަތްތައް އުވާލައި ވަޒީފާތައް ގެއްލުވާލި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މަމްދޫހް އިތުރަށް ވިދާޅުވީ އެމްޑީޕީގެ އޭރުގެ އަދި މިހާރުގެ ވެރިން އެކަންކަން ހަނދާން ނެތުނު ކަމަށް ހެދިޔަސް، ދިވެހި ރައްޔިތުންގެ ހަނދާނުގައި އެ ހިތި ތަޖުރިބާތައް އަދިވެސް އެބަހުރި ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ އޮތީ އެމްޑީޕީ ސަރުކާރުން ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން: މަމްދޫހްޚަބަރު | 2 މަސް ކުރިންއެމްޑީޕީން ކޮރަޕްޝަން ހުއްޓުވާ ކޮންމެ ކަމަކާ ދެކޮޅުވާނެ، އެއީ ވައްކަން ނޫން ކަމެއް ނުކުރެވުނު ބައެއް: މަމްދޫހްޚަބަރު | 3 މަސް ކުރިންސިޔާސީ ފިކުރާ ގުޅުވައި ވަޒީފާއިން މީހުން ކަނޑާ މަގު މަތިކުރުމަކީ ނަޝީދު ތައާރަފްކުރި އެމްޑީޕީގެ ހުތުރުސިޔާސަތެއް: މަމްދޫހްޚަބަރު | 3 މަސް ކުރިން''ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމަކީ ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ''ޚަބަރު | 4 މަސް ކުރިން