logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

އައިމިނަތު މޫސާ
11 އޯގަސްޓު 2025 - 06:11
ރައީސުލްޖުމްހޫރިއްޔާ ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ބ. ކަމަދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއއްޒު ފަށްޓަވައިދެއްވައިފިއެވެ.

ރައީސް މުއިއްޒު މި އޭޓީއެމް ހުޅުއްވައި ދެއްވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއަށް ކުރެއްވި ދަތުރުފުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation


ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ކަމަދޫގައި އޭޓީއެމް ހިދުމަތް މިވަނީ ގާއިމްކޮށްފައެވެ. މި އޭޓީއެމްގެ ހިދުމަތް ފަށްޓަވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި އޭޓީއެމް ހިދުމަތް ފެއްޓެވުމަށް ފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް، ޙަސަން ޒަރީރުއެވެ.

އަލަށް ހުޅުވި އޭޓީމީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީދޫ ނަތީޖާއިން ހާމަވެގެންދަނީ ރައީސްގެ އިސްލާޚީ މަސައްކަތްޕުޅަށް ރައްޔިތުންގެ ތާޢީދު އޮތްކަން: ޝުޖާޢުޚަބަރު | 6 ގަޑިއިރު ކުރިންޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައި ރައީސްގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިޚަބަރު | 7 ގަޑިއިރު ކުރިންމީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެއްވި ސުހާ އަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 9 ގަޑިއިރު ކުރިންވަތަނީ ޚިދުމަތް ނިންމައި ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް މަރުޙަބާ ދަންނަވައިފިޚަބަރު | 13 ގަޑިއިރު ކުރިން