logo
ޚަބަރު

އަޙްމަދު ޒަލީފް
11 އޯގަސްޓު 2025 - 08:02
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ލާޒިމު

2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރަން ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 

ފެނާއި ނަރުދަމާގެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އިއްތިފާގުންނެވެ. 7 މެންބަރަކު ދެކޮޅަށް ވޯޓުދެއްވިއެވެ.

ޤާނޫނަށް އިސްލާހު ހުށައަޅަން ބިލެއް ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރަންޖެހޭ މުއްދަތު އިތުރުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ގޮތުން މިހާރު ހުށައަޅާފައިވާ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ ޤާނޫނަށް ގެނައި އިސްލާހުތަކުގައި ބައެއް ކުށްތަކަށް އަދަބު ކަނޑައަޅާފައިވެސްވެއެވެ. އެ ގޮތުން ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ކުރާ ފަރާތެއްގެ އަދަބަކީ 1 މިލިޔަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުންކަމާއި ބިމުގެ ފެން ފަށަލަ ތަޣައްޔަރުވާފަދަ ޢަމަލެއް ކޮށްފިނަމަ އެފަދަ ފަރާތެއްގެ އަދަބަކީ 100،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުންކަމުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝައިޢުކުރާ ދުވަހުން ފެށިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ލާޒިމުޚަބަރު | މަހެއް ކުރިންމާފަރަށް ތާރީހީ ދުވަހެއް: ނަރުދަމާގެ ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ގެއަށް ކަނެކްޝަން ދީފި ޚަބަރު | 2 މަސް ކުރިންމާފަރުގެ ހުރިހާ ގެއަކަށް ފެން ދޫކޮށް ޚިދުމަތް ފަށައިފި ޚަބަރު | 2 މަސް ކުރިން