logo
ޚަބަރު

މާފަރަށް ތާރީހީ ދުވަހެއް: ނަރުދަމާގެ ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ގެއަށް ކަނެކްޝަން ދީފި

އަޙްމަދު ޒަލީފް
6 ޖުލައި 2025 - 12:32
މާފަރަށް ތާރީހީ ދުވަހެއް: ނަރުދަމާގެ ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ގެއަށް ކަނެކްޝަން ދީފި

ނ.މާފަރުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ފުރަތަމަ ގެއަށް ކަނެކްޝަން ދީފިއެވެ.

މި ޚިދުމަތް އެންމެ ފުރަތަމަ ދީފައިވަނީ އެ ރަށު ނީލުގެއަށެވެ. ކޮންމެ ގޭ ބީސީއަކުންވެސް އެ ގެއަކުން ހަދަންޖެހޭ ޖަންކްޝަން ހެދުމަށްފަހު އެކަން އެންގުމުން، މާފަރު ފެނަކަ ބްރާންޗްގެ މުވައްޒަފުން އައިސް އެ ގެއަށް ކަނެކްޝަން ގުޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚިދުމަތް ނުފެށި ލަސްވެފައިވާތީ، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އުފެދިފައިވާ މި ދަނޑިވަޅުގައި މި ޚިދުމަތް ފެށިގެން ދިއުމަކީ އެ ރަށުގެ ހުރިހާ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެއްކަމަށް އެ ރަށު ރައްޔިތުން ބުނެއެވެ. މާފަރުގެ ނަރުދަމާގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަސް ތެރޭގައެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރުވެސް މި މަސަައްކަތް ނިންމާލެވިފައެއް ނުވެއެވެ.

IMG_7982.jpeg

އެކި ދުވަސްވަރު މަތިން އެކި ކުންފުނިތަކުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެފަހުން މި މަސައްކަތާ ހަވާލުވެފައިވަނީ މައިކުންފުނި އެމްޑަބްލިއުއެސްސީ އިންނެވެ. މި ޚިދުމަތް މިހާރު ފަށާފައިވާއިރު، މިއަދު ވަނީ އެ ރަށުގައި ފެނުގެ ޚިދުމަތްވެސް ރަސްމީކޮށް ފަށާފައެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މީގެ ކުރިންވެސްވަނީ ރަށްތަކުގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރުން ގެވަޅު ދޫކުރަން ކުރި އިޢުލާން ދެވަނަ ފަހަރަށް ބާތިލްކޮށްފި ޚަބަރު | 4 ދުވަސް ކުރިންއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ލާޒިމުޚަބަރު | މަހެއް ކުރިންމާފަރުން ގެވަޅު ދޫކުރުން މަޑުޖައްސާލުމަށް އަނެއްކާވެސް ވަގުތީ އަމުރެއްޚަބަރު | މަހެއް ކުރިންތިއްތި ފެނަކަ ވަޒީފާއަށް، މައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަޚަބަރު | މަހެއް ކުރިން