logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީގެ އެއްބަސްވުން ބާތިލްކުރުމަށްފަހު ތުޅާދޫ އެއާޕޯޓުގެ ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ޝަހްޒާ މުހައްމަދު
11 އޯގަސްޓު 2025 - 12:57
ކުރީގެ އެއްބަސްވުން ބާތިލްކުރުމަށްފަހު ތުޅާދޫ އެއާޕޯޓުގެ ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ބ. ތުޅާދޫ އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ޤާއިމުކުރުމުގެ މަޝްރޫޢާއި ގުޅިގެން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް 2023 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން ބާތިލްކުރުމަށްފަހުއެވެ.

އެގޮތުން އިމާރާތްކުރުމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމަކީ 570,260,350.80 (ފަސްސަތޭކަ ހަތްދިހަ މިލިއަން ދެލައްކަ ފަސްދޮޅަސްހާސް ތިންސަތޭކަ ފަންސާސް ރުފިޔާ އައްޑިހަ ލާރި) ގެ އަގަކަށް، 660 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ސޮއިކުރި އެއްބަސްވުމެކެވެ. 

މި މަޝްރޫޢުގެ ތެރެއިން ތުޅާދޫގައި ތަރައްގީކުރާ އެއާޕޯޓަކީ 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ކޯޑް 3C އަށް ތަރައްޤީކުރާ އެއާޕޯޓެކެވެ. މި މަސައްކަތަށް 55.4 ހެކްޓަރުގެ ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުންޏެވެ.

ތުޅާދޫ އެއާޕޯޓު ޤާއިމުކުރުމުގެ މަޝްރޫޢަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުންވިޔަސް އެންމެ ގިނައިރު ވެގެން 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ޤާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގާ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 4 ދުވަސް ކުރިންރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް: ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 5 ދުވަސް ކުރިންނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިކުޅިވަރު | 5 ދުވަސް ކުރިންކަލައިދޫ - ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 9 ދުވަސް ކުރިން