logo
Bank of Maldives

Bank of Maldives

ޚަބަރު

އޭދަފުށި ކައުންސިލާއި ރައީސް ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 އޯގަސްޓު 2025 - 17:37
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީ  އާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ. އޭދަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި އަލަށް އާބާދުވާ ސަރަހައްދަށް ފެނާއި ނަރުދަމާ ވީހާވެސް އަވަހަށް ގުޅައިދިނުމާއި އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން ހިމެނެއެވެ.

އަދި ރަށުގައި އަލަށް މީހުން އާބާދުވާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމާއެކު ކަރަންޓު ނެޓްވޯކަށް އިތުރަށް ބާރުބޮޑު ވާނެކަން ފާހަގަކޮށްފައިވާއިރު، ކުނި މެނޭޖްކުރުމުގައި އޭދަފުއްޓަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި ރަށުގެ ސްކޫލަށް އައު އިމާރާތެއް ގާއިމުކުރުމުގެ މުހިންމުކަން ވެސް ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

“މަގޭ ސޯލާ" މަޝްރޫޢުގެ ދަށުން ރަށު ރައްޔިތުންގެ ގޭގޭގައި ސޯލާ ހަކަތަ ބޭނުންކުރުމަށް އޮތް ޝައުގުވެރިކަމާއި އެމިހުންގެ ތަރުހީބު ހިއްސާކުރައްވައި، އެ ޕްރޮގްރާމްގެ ދަށުން އިތުރު ފުރުސަތެއް ހުޅުވާލުމަށް ކައުންސިލުން އެދިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެ އެ ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ ރައީސް ޙިއްސާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފިޚަބަރު | 5 ގަޑިއިރު ކުރިންލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފިވިޔަފާރި | 7 ގަޑިއިރު ކުރިންކުރީ ސަރުކާރުން ކެންދޫ މިސްކިތް ބިނާކުރު ހަވާލުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކާ: ވަޒީރު ޝަހީމްޚަބަރު | 8 ގަޑިއިރު ކުރިންގަމު ރިހެބިލިޓޭޝަން ސެންޓަރުގެ އަމަލީ މަސަައްކަތް ފަށައިފިޚަބަރު | 8 ގަޑިއިރު ކުރިން