logo
Bank of Maldives

Bank of Maldives

ޚަބަރު

ގޮއިދޫން ރައީސް އަށް ހޫނު މަރުޙަބާއެއް

އަޙްމަދު ޒަލީފް
12 އޯގަސްޓު 2025 - 09:12
ގޮއިދޫން ރައީސް އަށް ހޫނު މަރުޙަބާއެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގޮއިދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ގޮއިދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ގޮއިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުމާއި، ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސް އިން ތަރައްޤީކޮށްފައިވާ އޭޓީއެމް ހުޅުއްވުމުގެ ރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑަިއގަންނަވާނައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމަހުގެ 11 އިން 14 އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނަވާނެއެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.

‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލުވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 14 ގަޑިއިރު ކުރިންޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާ ކުރާ ތާރީހު ޖޫން 2031 އަށް ޚަބަރު | 17 ގަޑިއިރު ކުރިންޕްލާސްޓިކް ކުދި ފެންފުޅި އެތެރެކުރުން މަނާވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުޚަބަރު | 17 ގަޑިއިރު ކުރިންޕީއެންސީ މެމްބަރުންގެ އަދަދު 80،000އަށް ވުރެ މައްޗަށްޚަބަރު | ދުވަހެއް ކުރިން