logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުޑައެއް ބޮޑެއް މުއްސަނޖެއް ފަގީރެއް ތަފާތެއް ނުކުރާނެ: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޯގަސްޓު 2025 - 17:18
މި ސަރުކާރުން އެއްވެސް ރައްޔިތަކު ތަފާތެއް ނުކުރާނެ: މުހައްމަދު އިސްމާއީލް

މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެއްވެސް ދިވެހި ރައްޔިތެއްގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ދައުރުގައި ޗީފް އޮފް ސްޓާފަކަށް ހުންނެވި އަހްމަދު މުސްތަފާ، އެމްޑަބްލިޔުއެސްސީއިން ފެން ކަނެކްޝަނެއް ގުޅައިދިނުމަށް އެއްވެސް ޕީއެންސީގެ މަޖިލިސް މެމްބަރެއްގެ އެހީތެރިކަމެއް ލިބިދާނެތޯ އެކްސްގައި ސުވާލުކުރުމުން މުހައްމަދު ވަނީ، މި ސަރުކާރުން ކަނޑައެޅިފައިވާ އުސޫލްގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުހައްމަދު އިސްމާއީލް ވިދާޅުވި ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ލިބިގަތުމުގައި ވަނީ ހަމަހަމަކަން ގާއިމުކުރެވިފައެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޭނުންވާ ޚިދުމަތްތަކަށް އެދުމުން އެ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

"މި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ. ކުޑަ މީހެއް، ބޮޑު މީހެއް، މުއްސަނދި މީހެއް، ފަގީރު މީހެއް ބެލުމެއް ނެތި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ރައްޔިތުންނަށްވެސް ޚިދުމަތް ފޯރުކޮށްދެވޭނެ," މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

''އެވޭލާޒަމާނުގައި ކަންކަން ކުރިގޮތް މަނިކުފާނަށް ދަސްވެފަހުރުމަކީ ޕީއެއްސީގެ މެންބަރުން ފުރެންޑުން ހޯދަންޖެހޭނެ ސަބަބެއްނޫން ކަމުގައި ދަންނަވަން'' މުހައްމަދު ވިދާޅުވެފަވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކޮށް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މުހަައްމަދު އިސްމާއީލްޚަބަރު | 2 މަސް ކުރިންދިވެހިންނަށާއި ގައުމަށް އެންމެ ބޮޑުގެއްލުމެއްދިނީ އެމްޑީޕީގެ ވެރިކަންތަކުގައި: މުހައްމަދު އިސްމާއީލްޚަބަރު | 2 މަސް ކުރިން''ޖަމީލަކީ ބޯވައެއް'': މުހައްމަދު އިސްމާއީލްޚަބަރު | 3 މަސް ކުރިންމި ސަރުކާރުން އެއްވެސް ރައްޔިތަކު ތަފާތެއް ނުކުރާނެ: މުހައްމަދު އިސްމާއީލްޚަބަރު | 3 މަސް ކުރިން