logo
MPL

MPL

ޚަބަރު

ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމަށް ވެލިދޫގައި ޕްރޮގްރާމެއް

އަޙްމަދު ޒަލީފް
13 އޯގަސްޓު 2025 - 05:05
ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމަށް ވެލިދޫގައި ޕްރޮގްރާމެއް

ނ. ވެލިދޫ އިސްރަށްވެހިން ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ވެލިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓު 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ވެލިދޫ ކައުންސިލުން ކުރިއަށް ގެންދިޔަ އިސްރަށްވެހިންގެ ހަވީރުގައި ޕޮލިސް ސްޓޭޝަނުން ބައިވެރިވެ ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، މިހާރަކަށް އައިސް އާއްމުވަމުން އަންނަ ސްކޭމް މައްސަލަތަކާއި އެފަދަ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އަމަލުތައް ހުންނަ ގޮތްތައް ކިޔައިދީ އެފަދަ މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ސްކޭމްތައް ހިންގަމުންދާތީ އެފަދަ ކަންކަމަށް ސަމާލުވެ ރައްކާތެރިވެތިބުމަށާއި ބެންކު އެކައުންޓުގެ މައުލޫމާތާއި އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. މި ހަރަކާތުގައި ވެލިދޫގެ ގިނަ އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ އަމާން އުދަރެސް ޓަވަރަކުން މިއަދު މީހަކު ވެއްޓިއްޖެޚަބަރު | 2 ގަޑިއިރު ކުރިންސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | 2 ދުވަސް ކުރިންބަނގުރަލުގެ ބޮޑު ވިޔަފާރިއެއް ހުއްޓުވައި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިން