logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ޒަކާތުގެ ގާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީހުގައި ލިޔެވިގެންދާ ހެޔޮ ސަފްހާއެއް: ވަޒީރު ޑރ. ޝަހީމް

ނުހާ އަޙްމަދު
13 އޯގަސްޓު 2025 - 10:56
ޒަކާތުގެ ގާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީހުގައި ލިޔެވިގެންދާ ހެޔޮ ސަފްހާއެއް: ވަޒީރު ޑރ. ޝަހީމް

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ޒަކާތާއި ގުޅޭ ގާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީހުގައި ލިޔެވިގެންދާނެ ހެޔޮ ސަފްހާއެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތު ފަންޑުން ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި ޒަކާތާ ގުޅޭ ހަރުދަނާ ޒަމާނީ ނިޒާމެއް ގާނޫނީ ތަރަހައިގެ ތެރެއިން ރާއްޖޭގައި ގާއިމުކުރުމުގެ މަގުސަދުގައި އެކުލަވައިލި ޒަކާތާއި ބެހޭ ބިލު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޒަކާތުގެ ގާނޫނު ފާސްވުމުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ގާނޫނީ އިމުގެ ތެރެއަށް ވެއްދޭނެކަމަށާއި މިއީ ރާއްޖޭގެ އިސްލާމީ ތާރީހުގައި ލިޔެވިގެންދާނެ ހެޔޮ ސަފްހާއެކަމުގައި ދެކޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިހާރު މަޖިލީހަށް ހުށައަޅާފައިވާ ޒަކާތު ބިލް އެކުލަވައިލާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށެވެ. އަދި ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ގައުމުތަށް ނަމޫނާއަކަށް ބަލައިގެންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މެލޭޝިޔާއާއި ކުވައިތު ޔޫއޭއީ މިސްރު ގައުމުތަކުގައި ވެސް ޒަކާތުގެ ކަންކަން ހިނގަމުންދަނީ ގާނޫނު ތެރެއިންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި ބިލް ފާސްވެ ގާނޫނަކަށް ވެގެންދިއުމުން ދައުލަތަށް ފަސޭހަވެގެންދާނެކަމަށާއި ޝަރުއީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރުމަކީ ހުއްދަކަމެއް ކަމަށެވެ. އެގޮތުގެ މަތިން އިންވެސްޓްކުރުމުން ޒަކާތް ހައްގުވާ ފަރާތްތަކުގެ އެންމެހައި ކަމެއް ވެސް ހިލޭ ފޯރުކޮށްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއާއެކު ޒަކާތު ފަންޑު ޒަމާނާއި ހާލަތާއި ހަޖަތާއި އެއްވަރަށް ތަރައްގީ ވެގެންދާނެކަމަށާއި ރާއްޖެއިން ފަގީރުކަން ނައްތާލެވި އިޖްތިމާއީ ތަނަވަސްކަން ގެނެސްދެވޭނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ޒަކާތަށް ޚާއްސަ ވަކި އިދާރާއެއް އުފައްދަވާ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އާއްމުންނަށް ޒަކާތާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ވަނީ ކުރެވިފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރަކީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ މަތިން ފައިސާ ލިބިގެންދިޔަ އަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިޚަބަރު | 24 ދުވަސް ކުރިންފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަން ރުފިޔާ ބަލައިގަނެފިޚަބަރު | މަހެއް ކުރިންނަގުދު ފައިސާ އާ ކޭޝް ކާޑުން، މިހާރު ޒަކާތް ދެއްކޭނެޚަބަރު | މަހެއް ކުރިންމިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބުނުޚަބަރު | 3 މަސް ކުރިން