logo
Bank of Maldives

Bank of Maldives

ޚަބަރު

މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފި

މުޙައްމަދު އަފްރާޙް
21 އޭޕްރީލު 2026 - 13:45
މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފި

މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފިއެވެ.

ދިވެހި ރާއްޖޭގެ ޒަކާތު ހައުސިންގ އިން ބުނީ އޭޕްރިލް 21 ން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ ރިހީގެ ގްރާމަކަށް 36.70 ގެ ރޭޓުން 595 ގްރާމަށްވާ، 21،836.50ރ ކަމަށެވެ.

މި ބަދަލު ގެނައުމުގެކުރިން މިދިޔަ ޑިސެމްބަރު މަހު މުދަލު ޒަކާތުގެ ނިސާބު ހުރީ، 19،527.90 ރުފިޔާގައެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

މީގެކުރިން މުދަލު ޒަކާތް ދައްކަމުން އައީ އިސްލާމިކް މިނިސްޓްރީއަށެވެ. އެހެންނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެ އިދާރާ އަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާގެ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުދަލު ޒަކާތް ދެއްކުމަކީ، އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގެ ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ، ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށްވެސް ބަދަލު އާދެއެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ޤައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ، ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފިޚަބަރު | 2 ގަޑިއިރު ކުރިންފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފިޚަބަރު | މަހެއް ކުރިންފިޠުރު ޒަކާތުން ލިބުނު ފައިސާއިން 5 ލައްކަ ރުފިޔާ ފަލަސްޠީނަށް!ޚަބަރު | މަހެއް ކުރިންބޮލަކަށް 6,000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފިޚަބަރު | މަހެއް ކުރިން