logo
Bank of Maldives

Bank of Maldives

ޚަބަރު

''ޖަމީލަކީ ބޯވައެއް، ވަރަށް އަވަހަށް ކުލަ ބަދަލުކޮށްލާނެ'': މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޯގަސްޓު 2025 - 15:35
''ޖަމީލަކީ ބޯވައެއް'': މުހައްމަދު އިސްމާއީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ''ބޯވައެއް'' ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ އެއް ޑެޕިއުޓީ ލީޑަރގެ ގޮތުގައި ވެސް ހުންނެވި މުހައްމަދު މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކުޑައިމީސްކޮށް ޖަމީލް ދައްކަވާފައިވާ ވާހަކަތަކަކާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނައިބު ރައީސްކަން ކުރަށްވާފައި ހުންނެވިއެއްކަމަކު، މީހުންނަށް މަލާމަތްކުރުމާއި ''ތިމާވަރެއްނެތް'' ކަމަށް ހީފުޅުވެ ބޮޑާކަން އިސްކުރުމާއި، ނެތިމޮށުމާއި، ދެބައޮޑުވުންފަދަ މާތްވެގެންވާ އިސްލާމްދީނުގައި މަނާކުރަށްވާފައިވާ ކަންކަމުގެ ސިފަތަކަކީ ޖަމީލްގެ ކިބައިން ފެންނަ ބައެއް ސިފަތައްކަމަށް މީހުން ބުނެއެވެ.

ޖަމީލް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި މުހައްމަދު އިސްމާއީލް ވިދާޅުވީ ޖަމީލަކީ ''ބޯވައެއް'' ކަމަށާއި، ވަރަށް އަވަހަށް ކުލަ ބަދަލުކޮށްލާނެ ކަމަށެވެ.

''މީ މިއަދު ދިވެހިރައްޔިތުންގެ ނޯޅޭ މިންވަރައް ކުލަ ބަލުކޮއްކޮއް ކުލަބަދަލުކުރުމުގެ ލަގަބުން މައްސޫރުވެގައިވާ ފަރާތެއް'' މުހައްމަދު ވިދާޅުވެފަވެއެވެ.

މުހައްމަދު މިގޮތަށް ވިދާޅުވެފައި ވަނީ ޖަމީލަކީ މޮޅު ހޯއްދަވަން އަބަދުވެސް އެކި ސިޔާސީ ޕާޓީތަކަށް ބަދަލުވެ، ''ސިޔާސީ ކުލަ އިރުކޮޅުކޮޅާ'' ބަދަލުކުރަށްވާ ބޭފުޅަަކަށް ވުމުން ކަމަށް ބެލެވެއެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް ވަނީ އޭނާގެ މުޅި ހަޔާތުގައި ސިޔާސީ އެއް ޕާޓީން އަނެއް ޕާޓީއަށް ހިޖުރަކުރަށްވައި އެކިކުލަތައް ބަދަލުކުރަށްވާފައެވެ. އޭނާ ދިވެހިރާއްޖޭގެ ޕާޓީ (ޑީއާރުޕީ) އާއި ދިވެހި ގައުމީ ޕާޓީގައި އުޅުއްވުމަށްފަހު 2013 ވަނަ އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި އެވެ. ޖަމީލް ނައިބު ރައީސްކަމުން ވަކިކުރެވުނީ ރައީސަކަށް ހުންނެވި ޔާމީނަށް ޣައްދާރުވެ ''އެތެރެކޮއިލުގެ ބަޣާވާތަކަށް މަގުފަހުކުރަން ފެށުމުން'' ކަމަށް އޮތީ އަޑުފެތުރިފައެވެ.

އެއަށްފަހު ޖަމީލް ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނެއް ކަމަށްވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރުކަން ވެސް ކުރަށްވާފައެވެ. އޭނާގެ ސިޔާސީ ކުލަ ބަދަލުކުރުންތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވިއެވެ. އޭނާ މިހާރު ހުންނެވީ ކުރީގެ ރައީސް ޔާމީން އުފައްދަވާފައިވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ މެންބަރެއްގެ ގޮތުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކޮށް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މުހަައްމަދު އިސްމާއީލްޚަބަރު | 2 މަސް ކުރިންދިވެހިންނަށާއި ގައުމަށް އެންމެ ބޮޑުގެއްލުމެއްދިނީ އެމްޑީޕީގެ ވެރިކަންތަކުގައި: މުހައްމަދު އިސްމާއީލްޚަބަރު | 2 މަސް ކުރިން''ޖަމީލަކީ ބޯވައެއް'': މުހައްމަދު އިސްމާއީލްޚަބަރު | 3 މަސް ކުރިންމި ސަރުކާރުން އެއްވެސް ރައްޔިތަކު ތަފާތެއް ނުކުރާނެ: މުހައްމަދު އިސްމާއީލްޚަބަރު | 3 މަސް ކުރިން