logo
ވިޔަފާރި

ރާއްޖެއަށް މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފި

އައިމިނަތު މޫސާ
14 އޯގަސްޓު 2025 - 11:57
ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ
ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިޔަން އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,374,699 (އެއް މިލިޔަން ތިންލައްކަ ހަތްދިހަ ހަތަރުހާސް ހަސަތޭކަ ނުވަދިހަ ނުވަ) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަށް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 1,261,503 (އެއް މިލިޔަން ދެލައްކަ ފަސްދޮޅަސް އެއްހާސް ފަންސަތޭކަ ތިން) ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 1,008,081 (އެއްލައްކަ އަށްސަތޭކަ އަށްޑިހަ އެއް) ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 300,763 (ތިންލައްކަ ހަތްސަތޭކަ ތިން) ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 36,519 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 28,354 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވައެވެ.

މިއަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން 208،069 ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި އަހަރު މިހާތަނަށް ރާއްޖެއަށް ދެވަނަ އަށް ފަތުވެރިން ޒިޔާރަތް ކުރި ގައުމަކީ ރަޝިޔާއެވެ. އެގޮތުން ރަޝިޔާއިން 163،060 ފަތުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މީގެ އިތުރުން ތިން ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ރަޝިޔާއިން 126،906 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޫރިޒަމް މިނިސްޓރްީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ދުވާލަކަށް ރާއްޖެއަށް 6،519 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ އަމާޒު ހާސިލުކުރުމަށް ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިންޚަބަރު | 18 ގަޑިއިރު ކުރިންރާއްޖެއަށް މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފިވިޔަފާރި | 22 ދުވަސް ކުރިންފަތުރުވެރިންގެ އަދަދު 9.6% އިތުރު ވުމާއެކު، 1.2 މިލިޔަނަށް އަރައިފި ވިޔަފާރި | 2 މަސް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް 590،000 އަށްވުރެ ގިނަ ފަތުރުވެރިން ޚަބަރު | 5 މަސް ކުރިން