logo
Bank of Maldives

Bank of Maldives

ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއާއި ޑިމޮކްރަސީ ކުރިއެރުވުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ނުހާ އަޙްމަދު
15 އޯގަސްޓު 2025 - 10:44
ދެމެހެއްޓެނިވި ތަރައްގީއާއި ޑިމޮކްރަސީ ކުރިއެރުވުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްގީއާއި ޑިމޮކްރަސީ ކުރިއެރުވުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވިލާތުގެ އިއްތިހާދާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފަ ހުންނަވާ ސަފީރު މަރިއާ ކާމެން މޮރޭނޯ ރޭމުންޑޯ، މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ހަލީލްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތުގައި ސަފީރު މޮރޭނޯއާއެކު ހާރިޖީ ވުޒާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑރ. ހަލީލް އާއި ސަފީރު މޮރޭނޯ ވަނީ ދިވެހިރާއްޖެ އާއި ވިލާތުގެ އިއްތިހާދާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ވިލާތުގެ އިއްތިހާދާ ގުޅިގެން މަސައްކުރުމުގެ މުހިއްމުކަމަށްވެސް ވަޒީރު އަލިއަޅުވާލާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާއި، ހެޔޮވެރިކަމާއި، ޑިމޮކްރަސީއާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، މި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ހާރިޖީ ވުޒާރާއިން ބުންޏެވެ.

 


މި ބައްދަލުކުރެއްވުގައި، ކުރިއަށް އޮތް މުސްތަގުބަލުގައި ވިލާތުގެ އިއްތިހާދާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގަޔާއި ވަކިން ހާއްސަކޮށް ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށްކުރެވޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ޑރ. ޚަލީލް ދެއްވާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި ސަފީރު މޮރޭނޯވެސް މިކަމުގައި އެކަމަނާގެ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލްގެ އަރިހުގައި، އެ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު، އެމްބެސެޑަރ އެޓް ލާޖް އަބްދުﷲ ހަމީދު، ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބްގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަ އަހްމަދު ހާނީ ނައީމް ބައިވެރިވެވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމަށް ފޮރިން މިނިސްޓަރު ގަތަރަށްޚަބަރު | މަހެއް ކުރިންފީއަލީ ހޮސްޕިޓަލުގެ މަސައްކަތް ފެށީ މި ވެރިކަމުގައި، އެމްޑީޕީ ވެރިކަމަކު ނޫން: ވަޒީރު ހަލީލްޚަބަރު | މަހެއް ކުރިންދެމެހެއްޓެނިވި ތަރައްގީއާއި ޑިމޮކްރަސީ ކުރިއެރުވުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިޚަބަރު | 2 މަސް ކުރިންއިންޑިއާ އައުޓް ޓީޝާޓް ނުލަން، ލައިގެން ހުރީ މިނިވަންކަމުގެ ދިފާއުގެ ޓީޝާޓް: ވަޒީރު ހަލީލްޚަބަރު | 2 މަސް ކުރިން