logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި "މަދިރިން ރައްކާ" ކެމްޕެއިން ފަށައިފި

ހުޅުމާލޭގައި "މަދިރިން ރައްކާ" ކެމްޕެއިން ފަށައިފި

ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ފޮގު ކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން މައުލޫމާތު ދިންގޮތުގައި "މަދިރިން ރައްކާ" ކެމްޕެއިނަކީ މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް އެޗްޑީސީން ކޮންމެ އަހަރަކު ވެސް އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޑީސީއިން ބުނީ ފޮގު ކުރުން ކުރިއަށް ދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ފަތިހު 05:00 ގައި އަދި ހަވީރު 05:30 ގައެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮށް، ނައްތާލުމުގެ އިތުރުން، ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.

ފާއިތުވި އަހަރުތަކުގައިވެސް އެޗްޑީސީން ވަނީ ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ފަދަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން، ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީޚަބަރު | 3 ދުވަސް ކުރިން ރައީސްގެ އިރުޝާދާއެކު އެޗްޑީސީން ފްލެޓްތަކުގެ ބެލްކަންޏާއި ކުޑަދޮރުތައް މަރާމާތުކޮށްދެނީޚަބަރު | 21 ދުވަސް ކުރިންޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީޚަބަރު | 24 ދުވަސް ކުރިންވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމި 264 ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | މަހެއް ކުރިން