logo
Bank of Maldives

Bank of Maldives

ޚަބަރު

ގިނަ އިސްލާމީ ވެރިން ފަސްޖެހުނަސް ރައީސް ގެންދަވަނީ ފަލަސްތީނުގެ ހައްގުގަައި ވަކާލާތު ކުރަށްވަމުން: ހުސެން ޝަރީފް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ސެޕްޓެމްބަރު 2024 - 14:46
‘’ގިނަ އިސްލާމީ ވެރިން ފަސްޖެހުނަސް ރައީސް ގެންދަވަނީ ފަލަސްތީނުގެ ހައްގުގަައި ވަކާލާތު ކުރަށްވަމުން‘’

ގިނަ އިސްލާމީ ގައުމުތަކު ވެރިން ފަސްޖެހުނަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ ފަލަސްތީނުގެ ހައްގުގަައި ވަކާލާތު ކުރަށްވަމުންކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ވިދާޅުވެއްޖެއެވެ.

ހުސެން ޝަރީފް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ފަލަސްތީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރަށްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ފަލަސްތީނާއެކު ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން ތަކުރާރު ކުރެއްވިއެވެ. އަދި ފަލަސްތީނާ ދެކޮޅަށް ހިންގާ ހަނގުރާމަ ހުއްޓުވުމަށް އެއްބާރުލުން ދިނުމަށް ބައިނަލް އަގްވާމީ މުޖުތަމައަށް ވަނީ ގޮވައިލަށްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފަލަސްތީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުމުގެ ފޮޓޯ އެއް އެކްސްގައި ހިއްސާ ކުރަށްވަމުން މެންބަރު ހުސެން ވިދާޅުވީ، ބައިނަލްއަޤްވާމީ މަސްރަޙުގައި، ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުތަކަށް އަޑުއުފުލުމުގައި ގިނަ އިސްލާމީ ޤައުމުތަކުގެ ވެރިން ފަސްޖެހިފައިވާ ދަނޑިވަޅެއްގައި، ފަލަސްތީނުގެ މިނިވަންކަމަށް ހަރުދަނާކަމާއެކު ވަކާލާތުކުރައްވަމުން ގެންދަވަނީ ދިވެހީންގެ ރައީސް ޑރ. މުޢިއްޒު ކަމަށެވެ.

ރައީސް މުޢިއްޒުއަކީ ދިވެހި ރައްޔިތުން ފަޚުރުވެރިވާ ޤައުމީ ލީޑަރެއް ކަމަށް ހުސެން ޝަރީފް ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުން މިދަނީ ނަތީޖާއާއެކު ބަދަލުކުރަމުން: ހުސައިން ޝަރީފްޚަބަރު | 7 ގަޑިއިރު ކުރިންމިނިވަން މުއައްސަސާތަކަށް އަތްބާނައި ދައުލަތް ލޫޓްވާލީ އެމްޑީޕީން، ޕެޗް އަޅަން މިފެށީ އަޅުގަނޑުމެން: މެމްބަރު ހުސެންޚަބަރު | އަހަރެއް ކުރިން‘’ސަރުކާރުން ތަހުޒީބު މުޖުތަމައުއެއް ބިނާކުރަން މަސައްކަތްކުރާއިރު އިދިކޮޅުން އުޅެންވީ ސިޔާސީ މަންފާ ހޯދާކަށްނޫން’’ޚަބަރު | އަހަރެއް ކުރިންޓެކްސް ބޮޑުކުރަންޖެހުނީ ނިމުނު ސަރުކާރުން ''އަޅާފައިވާ ޅަ އެއްޗެހި'' ގިނަކަމުން: ހުސެންޚަބަރު | 2 އަހަރު ކުރިން