logo
Bank of Maldives

Bank of Maldives

ޚަބަރު

ޓެކްސް ބޮޑުކުރަންޖެހުނީ ނިމުނު ސަރުކާރުން ''އަޅާފައިވާ ޅަ އެއްޗެހި'' ގިނަކަމުން: ހުސެން

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2024 - 06:45
ޓެކްސް ބޮޑުކުރަންޖެހުނީ ނިމުނު ސަރުކާރުން ''އަޅާފައިވާ ޅަ އެއްޗެހި'' ގިނަކަމުން: ހުސެން

ޓެކްސް ބޮޑުކުރަންޖެހުނީ ނިމުނު ސަރުކާރުން ''އަޅާފައިވާ ޅަ އެއްޗެހި'' ގިނަކަމުންކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ވިދާޅުވެއްޖެއެވެ.

މެމްބަރު ހުސެން މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްގެ ބިލަށް ވާހަަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުސެން ވިދާޅުވީ، އެ ވާހަކަ ދައްކާއިރު، ޓެކްސް ބޮޑުކުރެވިގެން ދަނީ ކީއްވެގެންތޯ ވިސްނާލަންޖެހޭ ކަމަށެވެ.

''އާދެ ދިވެހިރާއްޖެ އިގްސާދީ ގޮތުން ބަރޯސާވެފައި ވަނީ ޓޫރިޒަމްއަށް، ރާއްޖޭގެ ޓޫރިޒަމް ސެކްޓަރ ހިނގަމުން ދަނީ ކިހިނެތްތޯ ވެސް ބަލައިލަންޖެހޭ، ރާއްޖެއަށް ވަންނަންޖެހޭ ފައިސާ ވަންނަންޖެހޭ މަގުތަކުން ރާއްޖެއަށް ވަދެފައި އޮތްތޯ ވެސް ބަލައިލަންޖެހޭ، ޓެކްސް ދަނީ ކިހިނެތްތޯ ބަލައިލަންޖެހޭ، މި ފައިސާ ރާއްޖެއަށް ނުވަންނަގޮތަށް ނިޒާމް ބައްޓަންވެފައި އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ޓެކްސް ބޮޑުކުރަންޖެހެނީ'' ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ، މި ސަރުކާރު ރައްޔިތުން އިންތިޚާބު ކުރުމަށްފަހު ރައްޔިތުން ހަވާލުވިއިރުގައި ދައުލަތް އޮތް ހާލަތު ވެސް ބަލަންޖެހޭކަމަށެވެ.

ހުސެން ވިދާޅުވީ ކޮންމެ ވެރިޔަކު ވެސް ވެރިކަމާއި ހަވާލުވަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތް ހޯދައިދީ، ރައްޔިތުންނަށް ފާހަގަތިކަން ހޯދައިދޭން ކަމަށެވެ.

''ތާރީޚަށް ބެލުމުން އިނގެނީ ޓެކްސް ބޮޑުކުރަން ޖެހެނީ ނިމިދިޔަ ސަރުކާރުން ދައުލަތް ހިންގުމުގައި އަޅާފައިވާ ޅަ އެއްޗެހި ގިނަކަމުން މި ދައުލަތް ހިންގައި ގަތުމަށް އެއްވެސް ގޮތަކަށް ފުރުސަތެއް ނެތްކަން، އެކަން އެބަހާމަވޭ'' ހުސެން ވިދާޅުވެފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މެމްބަރު އަނާރާގެ ތައުރީފްޚަބަރު | 8 ގަޑިއިރު ކުރިންމި ސަރުކާރުން މިދަނީ ނަތީޖާއާއެކު ބަދަލުކުރަމުން: ހުސައިން ޝަރީފްޚަބަރު | 8 ގަޑިއިރު ކުރިންމުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކޮލިޓީގެ އުވަ ހޯދުން: ހީނާޚަބަރު | 9 ގަޑިއިރު ކުރިންސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިން