logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރުން މިދަނީ ނަތީޖާއާއެކު ބަދަލުކުރަމުން: ހުސައިން ޝަރީފް

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖުލައި 2026 - 20:32
މި ސަރުކާރުން މިދަނީ ނަތީޖާއާއެކު ބަދަލުކުރަމުން: ހުސައިން ޝަރީފް

މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނަތީޖާ ބަދަލުކޮށް ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކަމަށް މާލެ އަތޮޅު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

ހުސައިން ޝަރީފް ވިދާޅުވީ މި ބިލަކީ ރާއްޖެއަށް ޒަމާނީ ޓެކްނޮލޮޖީގެ ރޮނގުން ގެނެވޭ އިންގިލާބީ ބޮޑު ބަދަލެއް ކަމަށެވެ. އަދި ޕީއެންސީ ސަރުކާރުން ދުރު ވިސްނޭ ސިޔާސަތެއްގެ ދަށުން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާކަން އިނގޭތީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ސަބަބުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ހުސައިން ވިދާޅުވީ، މީގެ ސަބަބުން ޚިދުމަތް ހޯދުމަށް މީހުން ކައިރިއަށް ދިއުމުގެ ބަދަލުގައި ގޭގައި ތިބެގެން ފަސޭހަކަމާއެކު ސްމާޓްފޯނުން ހުރިހާ ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ އިދާރީ ހިންގުމުގެ ޚަރަދުތައް އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިސާލު ޖަހަނީ އަޅުގަނޑުމެންގެ ލޮލަށް ފެންނަ ކަންތައްތަކުން. އެއް އޮފީހުން އަނެއް އޮފީހަށް ފޮތެއް ހިފައިގެން ޕިޔޯނުން ދުވި ޒަމާން މިވަނީ މާޒީވެފައި. މި ޑިޖިޓަލް ބަދަލާއެކު ކަރުދާހަށް ކުރާ ބޭކާރު އިސްރާފު ކުޑަވެ، ދައުލަތުގެ ހިންގުން ހަރުދަނާވެގެންދާނެ،" ހުސައިން ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން ކޮރަޕްޝަނާއި ވައްކަމަށް އޮތް ފުރުސަތުތައް ބަންދުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޚާއްޞަކޮށް ޕްރޮކިއުމަންޓްގެ ތެރެއިން ހިންގާ ނާޖާއިޒު މުއާމަލާތްތަކަށް ނިމުމެއް އަންނާނެ ކަމަށާއި، މިއީ ރައީސުލްޖުމްހޫރިއްޔާގެ ވިޝަނަރީ ވިސްނުންފުޅުގެ ދަށުން ގެނެވޭ ވަރުގަދަ މެކޭނިޒަމެއް ކަމަށް ހުސައިން ފާހަގަކުރެއްވިއެވެ.

ވާހަކަ ނިންމަވާލައްވަމުން ހުސައިން ވިދާޅުވީ، މި ގެނެވޭ ބަދަލަކީ ޒަމާނުއްސުރެ ނުބައި އާދަތަކަށް ހޭނިފައި ތިބި ފަރާތްތަކަށް ބަލައިގަންނަން އުނދަގޫ، ނަމަވެސް ރައްޔިތުންނަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނުވައިދޭނެ ކަމެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މެމްބަރު އަނާރާގެ ތައުރީފްޚަބަރު | 2 ގަޑިއިރު ކުރިންމި ސަރުކާރުން މިދަނީ ނަތީޖާއާއެކު ބަދަލުކުރަމުން: ހުސައިން ޝަރީފްޚަބަރު | 3 ގަޑިއިރު ކުރިންމުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކޮލިޓީގެ އުވަ ހޯދުން: ހީނާޚަބަރު | 3 ގަޑިއިރު ކުރިންސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިން